އޭޝިއަން ޑިވޮލޮޕްމެންޓް ބޭންކު (އޭޑީބީ)ގެ އެހީގައި މޫސޫމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތަ އާއި ބެހޭ ވުޒާރާއިން ރާއްޖޭގައި ސާފުހަކަތަ ބޭނުން ކުރުން އިތުރުކުރުމުގެ ސިޔާސަތުގެ ތެރެއިން ހަކަތައިގެ މަގުޗާޓު މުރާޖައާ ކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
މި މަސައްކަތް ފެށުމަށްޓަކައި މިއަދު ބޭއްވި ރަސްމިިއްޔާތުގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ތޯރިގް އިބްރާހިމް ވިދާޅުވީ ހަކަތައިގެ މަގުޗާޓުގެ ސަބަބުން ރާއްޖޭގެހަކަތައިގެ ދާއިރާއަށް މުހިއްމު ބަދަލުތަކެއް ގެނެސްދީ ދާއިރާގެ އިގްތިސާދީ ހަރަކާތްތަށް ފުޅާކުރުމަށް އެހިތެރިވެދޭނެ ކަމަށެވެ.
ވާޒީރު ތޯރިގް ވިދާޅުވި ގޮތުގައި ރާއްޖެއަށް އެހިދޭ އެކިއެކި ޖަމިއްޔާ ޖަމާއަތްތަކުންނާއި މާލީ އިދާރާތަކުން ލޯނާއި އަދި ހިލޭ އެހީތައް ހޯދައިދިނުމުގައި އޭޑީބީން ކުރަނީ ތައުރީފް ހައްގު މަސައްކަތްތަކެވެ.
އެގޮތުން އޭޑީބީން ސޮވަރިން އިންވެސްޓްމަންޓްގެ ގޮތުގައި ޖުމްލަ 75.5 މިލިއަންޑޮލަރު މޮބިލައިޒް ކުރިއިރު، އޭގެ ތެރެއިން 57 މިލިއަން ޑޮލަރަކީ ހިލޭއެހީއެވެ. އަދި ބާކީ18.5 މިލިއަން ޑޮލަރު ހޯދީ ލުއި ލޯނުތަކުންނެވެ.
މިހަފްލާގައި އޭޑީބީންވަނީ ހަކަތައިގެ ދާއިރާއަށް ހާއްސަކޮށްގެން އެކްސެލަރޭޓިންގ ސަސްޓެއިނަބަލް ސިސްޓަމް ޑިވެލޮޕްމެންޓް ޔޫސިންގ ރިނިއުވަބަލް އެނާރޖީ – އެޝުއަރ ޕްރޮޖެކްޓް އިފްތިތާފްކޮށްދެއްވާފައެވެ.
ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް އިއާދަކުރަނިވި ހަކަތައަށް ބޭނުންކުރާ މިންވަރު2028ގެ ނިޔަލަށް %4 އިން %33 އަށް އިތުރުކުރުމަށް ރައީސް ޑރ. މުޖައްމަދު މުއިއްޒު ވަނީ ހާމަކުރައްވާފައެވެ. މި ވައުދާއި އެއްގޮތަށް ދެމެހެއްޓެނިވި ގޮތެއްގައި އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމަށްޓަކައި އޭޑީބީގެ އެހީގައި 2020 ވަނަ އަހަރު ފުރަތަމަ ޝާއިއުކުރި ހަކަތައިގެ މަގުޗާޓު އަލުން މުރާޖާކުރުމުގެ މަސައްކަތް މި ވޯކްޝޮޕްގެ ތެރެއިން ކުރިއަށްދާނެއެވެ.