Sunday 26th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްކޭމް

500,000 ރުފިޔާގެ ސްކޭމާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ފުލެޓު ދޭނެކަމަށް ބުނެ އޮޅުވާލައިގެން އޯޓީޕީ ހޯދުމަށްފަހު މީހެއްގެ އެކައުންޓުން 500,000 ރުފިޔާ ނެގި މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ މި މަހުގެ 13 ވަނަ ދުވަހު ހުށަހަޅާފައިވާ 500,000 ރުފިޔާގެ ސްކޭމް މައްސަލައިގެ ތުހުމަތުގައި 23 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކުރީ މި މަހުގެ 17 ގައި ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުުކުރުމުން 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލާގައި ހައްޔަރުކުރީ ސ.ފޭދުއަށް ނިސްބަތްވާ ފިރިހެނެކެވެ.
މި މައްސަލާގައި ފުލުހުން ކޯޓަށް ހުށަހަޅާފައިވާ ހެކިތަކުގެތެރޭގައި މުދަލާއި ހަވާލުވާ މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖުގެ ސްނެޕްޝޮޓާއި ފައިސާ ދައުރުވެފައިވާ ގޮތުގެ ޗާޓު ހިމެނެއެވެ. އަދި އޭނާ ދިރިއުޅޭތަނުން ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އޭނާ ބުނެފައިވަނީ މުދަލާ ހަވާލުވާން ގޮސްފައިވަނީ އޭނާގެ ބޭބެއެއް ބުނެގެން ކަމަށާއި އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރު ކުރާ ކަމަށެވެ.
މި ލިއުމާއި ގުޅޭ