Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ހިމަނާރުތައް ބުރިކޮށްފައި ނޫނީ ރައީސް ވަކި ނުކުރެވޭނެ

ސަރުކާރުގައި ތިއްބެވި ބޭފުޅުންގެ ކަުރެ ހިމަ ނާރުތައް ބުރިކޮށްލާފައި ނޫނީ ރައީސް ޑރ. މުހަންމަދު މުއިއްޒު ވެރިކަމުން ވަކި ނުކުރެވޭނެކަމަށް އިސްލާމިކް އެފެއާޒްގެ މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވެފައިވަނީ ރައީސް އައްޑޫއަށް ކުރައްވާ ދަތުރުފުޅުގައި ފޭދޫގައި ރޭގައި ކުރިއަށް ގެންދިޔަ ޖަލްސާގައެވެ.

މިނިސްޓާރު ވިދާޅުވީ މި ސަރުކާރަށް 100 ދުވަސް ނުވަނީސް ވެރިކަން ފުރޮޅާލަން ރޭވުންތައް ރާވައި މަޝްވަރާކުރިޔަސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ތިއްބެވި ބޭފުޅުންގެ ކަރުގެ ހިމަނާރުތައް ބުރިކޮށްފައި ނޫނީ އެކަން ކުރިޔަ ނުދޭނެ ކަމަށާއި ސަރުކާރު ޒިންމާދާރުކުރުވުމަކީ ކުރަން ޖެހޭ ކަމެއް ނަމަވެސް ރައްޔިތުން ވެރިއަކު އިންތިހާބުކޮށް ސަރުކާރު ހިންގަން ފެށުމާ އެކު އެމަނިކުފާނަށް ދަތިކޮށް ރައްޔިތުންނަށް އެތައް ގެއްލުމެއް ލިބޭ ގޮތަށް ސަރުކާރު ބަދަލުކުރަން އުޅުމަކީ ޒިންމާދާރުކުރުވުން ނޫން ކަމަށެވެ.

އަދި ވެރިކަން ކުޅޭ ކުޅިވަރަކަށް ހަދައިގެން ރައީސް އަޒުލު ކުރުމަށް މަޝްވަރާކުރާ ހިސާބަށް ދިޔުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށާއި ވެވަޑައިގަންނަވާފައިވާ ރިޔާސީ ވައުދުތައް ފުއްދަން ރައީސް އަށް ވަގުތު ދޭން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ގައުމުގެ ރައީސް ކަަމަށް ރައްޔިތުން އިންތިހާބުކުރީ އެންމެ މަތީ ފެންވަރަށް ކިޔަވާފައިވާ ބޭފުޅެއް. ރައްޔިތުންގެ އެ އިތުބާރާ އެކު އެމަނިކުފާނު ވެރިކަމަށް ވަޑައިގަންނަވަން ވެވަޑައިގަތް ވައުދުތައް ފުއްދުމަށްޓަކައި އެމަނިކުފާނަށް ވަގުތު ދޭން އެބަޖެހޭ،
މިނިސްޓަރު ޑރ ޝަހީމް

މީގެ އިތުރުން މިނިސްޓަރު ވަނީ އެމްޑީޕީއަށް ފާޑުކިޔައި ވާހަކަފުޅުދައްކަވާފައެވެ.

ރައީސް ޑރ މުއިއްޒު އައްޑޫއަށް މި ކުރައްވާ ދަތުރުފުޅަކީ ރައީސް ކަމުގެ ހުވާ ކުރެއްވުމަށް ފަހު ރާއްޖެ ތެރެއަށް ކުރައްވާ ރަސްމީ ދެވަނަ ދަތުރުފުޅެވެ. މީގެ ކުރިން ރައީސް ވަނީ ތ އަތޮޅަށް ވަޑައިގަންނަވާފައެވެ.

މި ލިއުމާއި ގުޅޭ