Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

ޖުޑީޝަރީ ހިނގަނީ ނުފޫޒެއް ނެތި، ރައީސް ޔާމީންއަށް އިންސާފުލިބެންޖެހޭނެ: ރައީސް ޑރ.މުޢިއްޒު

މިހާދުވަސް ވެގެންދާއިރު ރައީސް ޔާމީންއަށް އިންސާފު ލިބުން ލަސްވުމަކީ ޤައުމަށް ހަމަޖެހުން ލިބޭނެ ގޮތެއްނޫން ކަމަށާއި ރާއްޖޭގެ ޖުޑީޝަރީ ހިނގަނީ ނުފޫޒެއް ނެތިކަމަށާއި ރައީސް ޔާމީނަށް އިންސާފުލިބެން ޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ ފޭދޫ އަދި ހިތަދޫގެ ރައްޔިތުންނާއި މުޚާތަބުކުރައްވައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރު ފެށުނު ދުވަހުން ފެށިގެން ޖުޑީޝަރީ ހިނގަމުންދަނީ ފުރިހަމަ މިނިވަންކަމާއެކު ކަމަށެވެ.

އެެއްވެސް ވަޒީރަކު، އެއްވެސް ކުންފުންޏެއްގެ ވެރިއަކު، އެއްވެސް އެމްޕީއަކު، އަޅުގަނޑުމެންގެ ތެރޭގައި ސަރުކާރުގެ އެއްވެސް މީހަކު ކޯޓުގަ ހިނގާ އެއްވެސް ކަމަކަށް ނުފޫޒެއް ނުފޯރުވާނެ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު

އިންސާފު ލަސް ވުމަކީ އިންސާފު ނުލިބުން ކަމަށާއި ޔާމީންއަށްވެސް ޖުޑިޝަރީގެ ތެރެއިން އިންސާފު ލިބެންވާނެ ކަމަށާއި އެމަނިކުފާނުގެ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތިކަމަށް ރައީސް ޑރ. މުޢިއްޒު ތަކުރާރުކޮށް ވިދާޅުވިއެވެ.

“އެހެންވީމަ އިންސާފު ލިބި ޖަސްޓިސް ސަރވް ވުމަކީ މިގައުމަށް އޮތް އެންމެ އިންސާފުވެރި ގޮތް، އެމަނިފާނަށްވެސް އިންސާފުވެރި ގޮތް، އަޅުގަނޑު އުއްމީދު ކުރަނީ ޖުޑިޝަރީގެ ތެރެއިން އެމަނިކުފާނަށް ދާދި އަވަހަށް އިންސާފު ލިބިގެންދާނެ ކަމަށް،". ރައީސް ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ