Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްޓެލްކޯ

ދުވާފަރަށް ދިމާވި ކަރަންޓުގެ މައްސަލަ ސްޓެލްކޯގެ އެހީތެރިކަމާއެކު ހައްލުކޮށްފި

ރ. ދުވާފަރުން އިއްޔެ ހެނދުނުން ފެށިގެން ކަރަންޓު ކެނޑިފައި އޮއްވައި ސްޓެލްކޯއިން ދިން އެހީތެރިކަމާއެކު ކަރަންޓުގެ މައްސަލަ ހައްލުކޮށް މިއަދު ހެނދުނު އެ ރަށަށް ކަރަންޓުގެ ހިދުމަތް ދޭން ފަށައިފިއެވެ.

އެމްޑަބްލިއުއެސްސީން ކަރަންޓުގެ ހިދުމަތް ފޯރުކުރާ ދުވާފަރަށް ދިމާވި ކަރަންޓުގެ މައްސަލައާ ގުޅިގެން 300 އަށް ވުރެ ގިނަ ގެއިން ކަރަންޓު ކެނޑުނެވެ.

އެހެންވެ އެމްޑަބްލިއުއެސްސީއާ ސްޓެލްކޯއާ ގުޅިގެން ކުރި މަސައްކަތުން މިއަދު ހެނދުނުން ފެށިގެން ވަނީ އެގޭގެއަށް ކަރަންޓު ދިނުމުގެ މަސައްކަތް ފަށާފައެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސްޓެލްކޯގެ އިންޖިނިއަރިން ޓީމުގެ އެހީތެރިކަން ދުވާފަރަށް ފޯރުކޮށްދިނީ، ރައްޔިތުންނަށް އެ ކުންފުނީގެ ބޭނުން ޖެހޭ އެފަދަ ކޮންމެ ދަނޑިވަޅަކީ ވެސް ގައުމީ މަސައްކަތެއްގެ ގޮތުގައި ދެކިގެން ކުންފުނީގެ މުވައްޒަފުން މަސައްކަތް ކުރާތީ ކަމަށެވެ.

ދުވާފަރަށް ކަރަންޓުގެ ހިދުމަތް ލިބެން ފެށީ އެރަށުން ކަރަންޓު ކެނޑުނުތާ ގާތްގަނޑަކަށް 20 ގަޑިއިރު ފަހުންނެވެ.

މި ލިއުމާއި ގުޅޭ