Sunday 16th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް އޮފީސް

ގައުމީ އިނާމާބެހޭ ކޮމިޓީގެ ޗެއަރޕަރސަންގެ މަގާމަށް ޝާކިރު އައްޔަންކުރައްވައިފި

ގައުމީ އިނާމާބެހޭ ކޮމިޓީގެ ޗެއަރޕަރސަންގެ މަގާމަށް އަލްއުސްތާޒު ކަށިމާ އަހްމަދު ޝާކިރު އައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގައުމީ އިނާމާބެހޭ ކޮމިޓީގެ ޗެއަރޕަރސަންގެ މަގާމަށް ކަށިމާ ޝާކިރު އައްޔަންކުރެއްވީ މިއަދުއެވެ. ގައުމީ އިނާމާބެހޭ ކޮމިޓީގެ ޗެއަރޕަރސަންގެ މަގާމަކީ، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އަނީސާ އަޙްމަދު އާލާސްކަންފުޅާ އުޅުއްވާތީ، އިސްތިއުފާދެއްވުމުން ހުސްވެފައިވާ މަގާމެކެވެ.

އެކަމަނާ އާލާސްކަންފުޅާ އުޅުއްވާކަމުުގެ ހަބަރު ލިބުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު، އެކަމަނާއަށް ފޮނުއްވެވި ސިޓީފުޅުގައި، ގައުމީ އިނާމާބެހޭ ކޮމިޓީގެ ޗެއަރޕަރސަންގެ މަގާމު އިހްލާސްތެރިކަމާއެކު ދިގުމުއްދަތަކަށް ފުރުއްވަވާފައިވާތީ އެކަމަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

އަދި، ކަށިމާ ޝާކިރު ގައުމީ އިނާމާބެހޭ ކޮމިޓީގެ ޗެއަރޕަރސަންގެ މަގާމަށް އައްޔަންކުރެއްވުމުގެ އިތުރުން، އެ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ މާފަންނު މަހްމާވިލާ، އިބްރާހީމް އިސްމާއީލް އަލީ ވަނީ، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ މިނިސްޓަރ އޮފް ސްޓޭޓްގެ މަގާމަށް މިމަހހުގެ 14 ވަނަ ދުވަހު އައްޔަންކުރައްވާފައެވެ.

އަދި އޭގެ ސަބަބުން، ގައުމީ އިނާމާބެހޭ ކޮމިޓީގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިޔާ މައްޗަންގޮޅި ވިލުވެލި، ބަދުރުއްނަސީރު އައްޔަންކުރައްވާފައިވެއެވެ.

މި ލިއުމާއި ގުޅޭ