Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕީޖީ ޙުސައިން ޝަމީމް

ދެ ސަފީރަކާ ބައްދަލުކުރައްވައި ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާކުރުމާމެދު ޕީޖީ މަޝްވަރާކުރައްވައިފި

ދެ ސަފީރަކާ ބައްދަލުކުރައްވައި ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާކުރުމާމެދު ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) މަޝްވަރާކުރައްވައިފިއެވެ.

ޕީޖީ ޙުސައިން ޝަމީމު ބައްދަލުކުރައްވާފައިވަނީ އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހޫގޯ ޔޮންއާއި، އޮސްޓްރޭލިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕްއާއެވެ.

މި ބައްދަލުވުންތަކަކީ ޝަމީމަށް މިދިޔަ މަހުގެ 31 ވަނަ ދުވަހު ދިން ހަމަލާއަށް ފަހު އެބޭފުޅާ ބޭއްވެވި ފުރަތަމަ ބައްދަލުވުމެވެ. އަދި، އެ ބައްދަލުވުންތައް ބާއްވަވާފައިވަނީ ވަކިވަކިންނެވެ.

ޕީޖީ ޝަމީމު އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ހޫގޯ ޔޮންއާ ބައްދަލުކުރައްވާފައިވަނީ މި މަހުގެ 3 ވަނަދުވަހު ޕީޖީ އޮފީހުގައެވެ. އެ ގައުމަކީ، ރާއްޖެއަށް ޖިނާއި އަދުލުގެ ނިޒާމުގެ ތެރެއިން ފަންނީ އެތައް އެހީތެރިކަމެއް ދެމުން ގެންދާ ގައުމެކެވެ. އަދި އެ ބައްދަލުވުމުގައި އެމެރިކާއިން ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު ކުރިއެރުމަށްޓަކައި ދެވިދާނެ އެހީތެރިކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

ޕީޖީއިން ވަނީ މީގެ ކުރިން، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ ފަންނީ މާހިރުންނާއި، ޓެރަރިޒަމާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ މައްސަލަތަކުގައި އިންވެސްޓިގޭޓަރުންނާއި، ޕްރޮސިކިއުޓަރުންނާއެކު ކާމިޔާބު މަސައްކަތްތަކެއް ކުރައްވާފައިކަމަށް ޕީޖީ އޮފީހުން މައުލޫމާތުދީފައިވެއެވެ.

އޭގެ އިތުރުން މިމަހުގެ 15 ވަނަ ދުވަހު އޮސްޓްރޭލިއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފިރު ޑޭވިސް ޖެސަޕްއާ ބައްދަލުކުރައްވާ ރާއްޖޭގެ އަދުލުގެ ނިޒާމު ހަރުދަނާކުރުމަށް އެމެރިކާއިން ކުރެވިދާނެކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އެ ސަރުކާރަކީވެސް ރާއްޖޭގެ އަދުލުގެ ނިޒާމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދެމުންދާ ސަރުކާރެކެވެ.

މިމަހު ކުރިއަށް ދިޔަ ބައްދަލުވުންތަކުގައި 2 ސަފީރުންވެސް ޕީޖީއަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

މި ލިއުމާއި ގުޅޭ