Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޫސުން

މޫސުން ގޯސްވެ ބައެއް އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވެ ރާއްޖޭގެ ބައެއް އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ވައިޓް އެލާޓް ނެރެފިއެވެ.

އެ އިދާރާއިން މިއަދު ހެނދުނު 8:15 އިން ފެށިގެން މެންދުރު ފަހު 3:00 ގެ ނިޔަލަށް ވައިޓް އެލާޓް ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށެވެ.

އެ އިދާރާއިން ބުނީ މި ވަގުތުތަކުގައި އެތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާނެކަމަށެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ވާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މެޓުން ބުނެފައިވެއެވެ.

މީގެއިތުރުން މިއަދުގެ އިރު އޮއްސި 6:00 އާ ހަމައަށް މެޓުން މުޅި ދުވަހަށް ލަފާކޮށްފައިވާ ގޮތުން މިއަދު ދެކުނާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއިއެކު ގުގުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާއިރު އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް މެޓުން ބުނެފައިވެއެވެ.

މެޓުން ބުނީ އިރުއުތުރާއި އިރުން މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާކަމަށެވެ.

އަދި މެދުރާއްޖެތެރެއާއި އތުރުގެ ކަނޑުތައް ގަދަވާނެކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ނަޑުވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

މެޓުން ލަފާކޮށްފައިވާގޮތުގައި މެދުރާއްޖެތެރެ އާއި އުތުރުގެ ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި ހަތް ފޫޓާއި ދެމެދުގައެވެ. އަދި ދެކުނުގެ ރާޅުގެ އުސްމިން ހުންނާނީ ދެ ފޫޓާއި ހަތަރު ފުޓާއި ދެމެދުގައެވެ.

މި ލިއުމާއި ގުޅޭ