Monday 17th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޣައްޒާ

އިސްރާއީލްގެ ހަމަލާތަކުގައި ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު 28,663 އަށް އަރައިފި

މިދިޔަ އަހަރުގެ އޮކްޓޯބަރުގެ 7 ވަނަދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދުވި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 28،663 އަށް އަރައިފިއެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް 28،663 މީހުން މަރުވެ، 68،395 މީހުން ވަނީ ޒަޚަމްވެފައެވެ.

އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފަލަސްތީނުގެ 87 މީހަކު ޝަހީދުވެ 104 މީހުން ޒަޚަމްވެފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. ޝަހީދުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ގިނައެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ވެއްޓިފައިވާ އެތައް ހާސް އިމާރާތްތަކުގެ ދަށުގައި ޝަހީދުވެފައިވާ ގިނަ ބައެއްގެ ހަށިގަނޑުތައް ވާނެއެވެ. އެހެންކަމުން، އޮކްޓޯބަރު 7 ގައި އިސްރާއީލުން ދޭން ފެށި ހަމަލާތަކާ ގުޅިގެން ޝަހީދުވި މީހުންގެ އަދަދު މިއަށް ވުރެ ވެސް އިތުރުވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަަމަށް ބުނެފައި ވެއެވެ.
ގޮތުން މިހާރުވެސް 7،000 އަށް ވުރެ ގިނަ މީހުން ތިބީ އިމާރާތްތަކުގެ ދަށުވެފައި ކަމަށް ބުނެފައ ވެެއެވެ. އޭގެތެރެއިން 4،900 އަށް ވުރެ ގިނަ މީހުންނަކީ އަންހެނުންނާއި ކުޑަކުދިންނެވެ.

އިސްރާއީލުން ހިންގަމުންދާ ގަތުލު އާއްމު ހުއްޓުވުމަށް މިދިޔަހަފްތާގައި އެކުލަވާލި އެއްބަސްވުމަށްވެސް އިސްރާއީލްގެ ހަރުކަށި ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ދެކޮޅުހަދާފައެވެ. އޭނާ ބުނީ ފުރިހަމަ ކާމިޔާބީއެއް ލިބެންދެން ހަނގުރާމަ ހުއްޓައިނުލައި ކުރިއަށް ގެންދާނެކަމަށެވެ.

މި ލިއުމާއި ގުޅޭ