Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެޗްޕީއޭ

ޖެނުއަރީމަހު ބޭރަށްހިންގާތީ ރިޕޯޓުކުރެވުނު އަދަދު އިތުރުވެއްޖެ

މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު މިއަހަރުގެ ޖެނުއަރީ މަހު ބޭރަށް ހިންގުން ޖެހިގެން ރިޕޯޓް ކުރެވުނު އަދަދު އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ޑިސެމްބަރު މަހު ބޭރަށް ހިންގުން ޖެހިގެން 3,486 ކޭސް ރިޕޯޓު ކުރެވުނުއިރު ޖެނުއަރީ މަހު އެ އަދަދު ވަނީ 5,386 އަށް އިތުރުވެފައެވެ.

އެހެންކަމުން ބޭރަށް ހިންގުން ފަދަ ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަކީ މުހިއްމުކަމެއްކަން އެޗްޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.

  • ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާތެރިވުމަށް އެޅުން މުހިއްމު ފިޔަވަޅުތައް:
  • ކެއުމުގެ ކުރީން އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން.
  • ފާޚާނާ ކުރުމަށްފަހު އަދި ނެޕީ ބަދަލުކުރުމަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން.
  • ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުމާއި ރޯ ތަރުކާރިއާއި މޭވާ ރަނގަޅަށް ދޮވެގެން ބޭނުން ކުރުން.
  • ގޭގައި ކާބޯތަކެތި ރައްކާކުރާއިރު ރައްކާކުރާ ތަނަކީ ސާފު ތާހިރު ތަނެއްތޯ ބެއްލުމާއި ކާބޯތަކެތި ތައްޔާރު ކުރާ ތަންތަނާއި ތަކެތި ރަނގަޅަށް ދޮވެ ސާފުކުރުން.
  • ކެއްކުމަށާއި ފެން ބުއިމަށް ފުޅީގައި ބަންދުކޮށްފައިވާ ފެން ނުވަތަ ކޮލޮރިނޭޓްކޮށްފައިވާ ފެން ނުވަތަ ވޯޓާރ ސަޕްލައި ފެން ނުވަތަ ފެން ކައްކާއިގެން ބޭނުން ކުރުން.
  • ހޮޑުލުމާއި ބޭރަށް ހިންގުން ޖެހިއްޖެނަމަ:
  • ގިނަގިނައިން ލޮނުޕެކެޓު (އޯއާރްއެސް) ފެން އަދި ސޫޕް، ކުރުނބާ ފެންފަދަ ދިޔާތަކެތި ބޭނުންކުރުމާއި ތުއްތު ކުދިންނަށް ގާތުން ކިރިދިނުން ކުރިއަށް ގެންދިޔުން
  • ބޭރަށް ހިންގުމުގެ އިތުރުން އާދަޔާ ޚިލާފަށް ކަރުހިއްކުމާއެކު ބޮލަށް އެނބުރުން އެރުން، މާބޮޑަށް ވަރުދެރަވުން ކުޑަކަމުދެވޭ މިންވަރު މަދުވުން ، ގިނަގިނައިން ހޮޑުލެވުން އަދި ލެވޭ ހޮޑުގައި ލޭގެ އަސަރު ހުރުން، ބޮޑުކަމުދެވޭތަކެތީގައި ލޭގެ އަސަރު ހުރުން އަދި އާދަޔާ ޚިލާފަށް ބަނޑުގައިރިއްސާ ނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުން.
  • ހޮޑުލުމާއި ބޭރަށް ހިންގުން ޖެހިއްޖެ ނަމަ ބަލި ޖެހިފައިވާ މީހުން މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި ޚާއްސަކޮށް މިފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން.

އެޗްޕީއޭއިން ހާމަކުރި ގޮތުގައި ޑިސެމްބަރު މަހާ އަޅާބަލާއިރު މި އަހަރު ޖަނަވަރީ މަހު އަރިދަފުސް ރޯގާއާއި ޑެންގޫ ހުން ޖެހިގެން ރިޕޯޓް ކުރެވުނު އަދަދު ވަނީ މަދުވެފައެވެ.

ނަމަވެސް އިންފުލުއެންޒާގެ އަލާމާތްތައް ހުރެގެން ޓެސްޓް ކުރެވުނު އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ޓެސްޓް ކުރެވުނު 352 ސާމްޕަލްގެ ތެރެއިން 12 ސާމްޕަލް ވަނީ ޕޮޒިޓިވް ވެފައެވެ.

މި ލިއުމާއި ގުޅޭ