Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެޗްޕީއޭ

މާލެއާއި ބައެއް އަތޮޅުތަކުގައި ލޮލުރޯގާ އިތުރުވަމުންދާތީ ސަމާލުވުމަށް އެދިއްޖެ

ލޮލުރޯގާ އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދިއްޖެއެވެ.
''ދިޔަރެސް'' އަށް މައުލޫމާތު ދެމުން އެޗްޕީއޭއިން މިއަދު ބުނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހާ އަޅައި ބަލާއިރު ޖަނަވަރީ މަހު ލޮލު ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު އިތުރުވެފައިވާ ކަމަށެވެ.
އެޗްޕީއޭއިން ބުނީ މި ބަލި އިތުރުވެފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ހދ، ރ، ލ އަދި ގދ އަތޮޅުގައި ކަމަށެވެ.
''ލޮލޮ ރޯގާ ފެތުރުން މަދުކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިންމު'' އެޗްޕީއޭއިން ބުންޏެވެ.
  • ބަލީގެ އަލާމާތްތައް:
  • ހުންއައުން.
  • ލޯ ހިރުވުން.
  • ލޮލުން ފެންއައުން.
  • ލޮލުގައި މަޑުހެދުން.
  • ލޯ ރަތްވުން.
  • ބަލިން ރައްކާތެެރިވުމަށް:
  • ގިނަގިނައިން ސައިބޯނިލައިގެން އަތް ދޮވުން.
  • އާންމުކޮށް އަތްލާ ތަކެއްޗާއި ތަންތަން ސާފުކުރުން.
  • ލޮލުގައި އަތްލުމާއި އަތް އުނގުޅުމުން ދުރުހެލިވުން.
  • ބޭނުންކޮށްފައިވާ ޓިޝޫފަދަ ތަކެތި ރައްކާތެރި ގޮތުގައި ނައްތާލުން.
  • ލޮލުރޯގާ ޖެހިފައިވާ މީހަކު ލޮލަށް އަޅަން ބޭނުންކުރާ ބޭސްފުޅި ބޭނުންނުކުރުން.
ލޮލުރޯގާ ޖެހިއްޖެނަމަ ނުވަތަ ޖެހިއްޖެކަމަށް ޝައްކު ކުރެވޭނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
މި ލިއުމާއި ގުޅޭ