Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޫސުން

މޫސުން ގޯސްވެ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވެ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިއަދު ވައިޓް އެލާޓް ނެރެފައިވަނީ މެދު ރާއްޖެތެރޭ ރަށްތަކަށެވެ. އެގޮތުން މިހާރު ރާއްޖެއަށް ކުރަމުން ގެންދާ ވިއްސާރާގައި މެދުރާއްޖެ ތެރޭގއަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހުމާއެކު ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން މިއަދު ބ. އަތޮޅުން ފެށިގެން ތ. އަތޮޅު ދެމެދުގައިވާ ރަށްތަކަށް ހުދު ސަމާލު ނެރެފައިވަނީ، މިއަދު މެންދުރު 14:30އިން ފެށިގެން މިރޭ 20:30 އާ ހަމައަށެވެ.

މިއަދު ރާއްޖޭގެ އެކި ސަރަހައްދުގެ މޫސުން ލަފާކުރާ ގޮތަށް ބަލާލާއިރު،، ދެކުނާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަކަށް ގުގުރުމާއެކު ކެރީގެ އަސަރު ފޯރާނެއެވެ. އަދި އުތުރުގެ އަތޮޅުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށް މެޓުން މައުލޫމާތުދެއެވެ.

މި ލިއުމާއި ގުޅޭ