Wednesday 14th May 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ

ނޫރު މިސްކިތުގައި ކުރާ ތަރާވީހުގެ އިމާމަކަށް 11 އަހަރުގެ ކުއްޖަކު ހަމަޖައްސައިފި

ނޫރު މިސްކިތުގައި ކުރާ ތަރާވީހުގެ އިމާމަކަށް 11 އަހަރުގެ ކުއްޖަކު ހަމަޖައްސައިފިއެވެ.

ކުރިއަށް އޮތް ރޯދަ މަހު، ނޫރު މިސްކިތުގައި އިމާމުވެ ތަރާވީސް ކުރުމަށް އުމުރުން 11 އަހަރުގެ ކުއްޖަކު ހަމަޖައްސާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މައުލޫމާތުދީފިއެވެ.

އެގޮތުން، ނޫރު މިސްކިތުގެ ތަރާވީސް އިމާމަކަށް ހަމަޖައްސާފައިވާ، އަލްހާފިޒް އިޒްކާން އަޖީބު ހުސެއިންއާ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިއަދު ބައްދަލުކުރައްވާފައިވެއެވެ.

ޑރ. ޝަހީމް ވަނީ މިހާ ޅަ އުމުރުގައި އިޒްކާން ހޯއްދެވި ފާހަގަކޮށްލެވޭ ކާމިޔާބީ ފާހަގަކުރައްވައި، އިޒްކާންއަށް ހިތްވަރުދީ، އިޒްކާން ދެމުންގެންދާ ހިދުމަތަށް ޝުކުރުވެރިވާކަމަށް ވިދާޅުވެފައެވެ.

ސަރުކާރުން މީގެ ކުރިން، ރީތިކޮށް ޤުރުއާން ކިޔަވައި ނަމާދުގެ ފިޤުހަށް އަހުލުވެރި ދަރިވަރުންނަށް ހުކުރު ކުރުމުގެ ހުއްދަ ދޭން ނިންމައިފައިވެއެވެ.

މި ލިއުމާއި ގުޅޭ