Monday 21st Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް

"މިލަން 24" އަސްކަރީ ތަމްރީނުތަކުގައި ދިވެހި އަސްކަރިއްޔާއިން ބައިވެރިވަނީ

ދުނިޔޭގައި ހިންގޭ އެންމެ ބޮޑު އެއް ކަނޑުގެ އަސްކަރީ ތަމްރީނުތައް ކަމަށްވާ "މިލަން 24" ގައި ދިވެހިރާއްޖޭގެ އަސްކަރިއްޔާއިން ބައިވެރިވުމަށް ނިންމައިފިއެވެ.

އިންޑިއާގެ އަސްކަރިއްޔާގެ ދަޢުވަތަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 51 ޤައުމަކުން ބައިވެރިވާ ކަނޑުމަތީގެ ތަމްރީނުތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ފެބުރުއަރީ 19 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހާއި ހަމައަށެވެ.

35 ހަނގުރާމަ މަތީ މަނަވަރާއި ސަބްމެރިނާއި 50 ވައިގެ އުޅަނދު ބައިވެރިވާ މި ތަމްރީނުތައް ކުރިއަށް ގެންދެވޭ މީ 12 ވަނަ ފަހަރު ކަމަށް އިންޑިއާގެ އީސްޓާން ނޭވަލް ކޮމާންޑުގެ ޗީފް ސްޓާފް އޮފިސަރ ރެއަރ އެޑްމިރަލް ޝަންތަނޫ ޖާ ވަނީ ހާމަކުރައްވާފައެވެ.

ކަނޑުގެ އަސްކަރިއްޔާތަކުގެ މެދުގައި ޕްރޮފެޝަނަލް ގުޅުންތައް ވަރުގަދަކޮށް ހުނަރުތައް އިތުރު ކުރުމުގެ މަޤްސަދުގައި ބާއްވާ މިތަމްރީނުތަކުގައި ދިވެހިރާއްޖޭގެ އަސްކަރިއްޔާގެ މެރިޓައިމް ސޭފްޓީ އެންޑް ސެކިއުރިޓީ ސްކުއާޑްރަން ފަރާތުން ލެފްޓިނެންޓް ކާނަލް ޔޫސުފް ނިޝާރ ބައިވެރިވެލައްވާނެއެވެ.

މި ލިއުމާއި ގުޅޭ