Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ

އިންޑިއާއިން ރާއްޖެއާ 50 މޭލު ދުރުގައި އޮންނަ މަލިކުގައި އަސްކަރީ ބޭސްއެއް އަޅަނީ

އިންޑިއާއިން ރާއްޖެއާ 50 މޭލު ދެމެދުގައި އޮންނަ މަލިކުގައި އަސްކަރީ ބޭސްއެއް އެޅުމަށް ނިންމައިފިއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މަލިކުގައި ގާއިމްކުރާ އިންޑިއާ ކަނޑުގެ ސިފައިންގެ އަސްކަރީ މަރުކަޒު އިފްތިތާހުކޮށްދެއްވާނީ އަންނަ މާޗުމަހުގެ 4 ނުވަތަ 5 ވަނަ ދުވަހު އިންޑިއާގެ ޑިފެންސް މިނިސްޓަރ ޝްރި ރަޖުނަތު ސިންގް އެވެ. މި ރަސްމިއްޔާތު ބާއްވަން ހަމަޖެހިފައިވަނީ މަލިކުގައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީބަށް ކުރެއްވި ދަތުރުފުޅަށްފަހު، ކަނޑުގެ ބިންތައް ރައްކާތެރިކުރުމަށްޓަކައި، އަގާޓީ އާއި މިނިކޮއި އައިލެންޑްސްގައި ވައިގެ މަރުކަޒުތަކާއި އެކު ކަނޑުގެ އަސްކަރީ މަރުކަޒުތައް ގާއިމުކޮށް، ކަނޑުގެ އަސްކަރިއްޔާގެ ފައުޖުތައް ހަރުދަނާގޮތެއްގައި ފުޅާކުރަން އިންޑިއާއިން ވަނީ ނިންމާފައެވެ.

ލަކްޝަދީބާއި މިނިކޮއި އައިލެންޑްސް އަކީ ދެކުނު އިރުމަތީ އޭޝިއާ އާއި އުތުރު އޭޝިއާއަށް ދަތުރުކުރާއިރު އެތައް ބިލިއަން ޑޮލަރެއްގެ ވިޔަފާރީގެ މުއާމަލާތްތައް ހިނގަމުންދާ ސަރަހައްދެކެވެ. މިނިކޮއި އައިލެންޑްސް އަކީ ރާއްޖެއާ އެންމެ 524 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ.

މޯދީގެ ސަރުކާރުން މިނިކޮއި އައިލެންޑްސްގައި އާ އެއާސްޓްރިޕް އެޅުމަށާއި އަގައްޓީ އައިލެންޑްސްގެ އެއާ ސްޓްރިޕް އަޕްގްރޭޑް ކުރަން ނިންމީ އައިއެންއެސް ޖަޓަޔޫގައި ނޭވަލް އެސެޓްތައް ބެހެއްޓުމުގެ ވިސްނުމާއެކުއެވެ. މި ނިންމުމަކީ، އިންޑޯ-ޕެސިފިކް ސަރަހައްދުގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް އެހީތެރިވުމުގެ ގޮތުން، އެ ގައުމުގެ ޖަޒީރާ ސަރަހައްދުތައް ބޭނުންކޮށްގެން، އެ ސަރަހައްދުގެ ބާރުތައް ޕްރޮޖެކްޓް ކުރުމަށް މޯދީ ގެ ސަރުކާރުން ގެންގުޅުއްވާ ސްޓްރެޓެޖީގެ ތެރެއަށް ވަދެވަޑައިގަންނަވާ ނިންމުމެކެވެ.

މީގެ އިތުރުން ލަކްޝަދީބާއި މިނިކޮއި އައިލެންޑްސް އަޕްގްރޭޑް ކުރުމުގެ ސަބަބުން ކޮމާޝަލް ޝިޕިން ހިމާޔަތްކުރުމުގެ އިތުރުން އެ ރަށްރަށުގެ އިންފްރާސްޓްރަކްޗާ އަޕްގްރޭޑް ކުރުމާއި ފަތުރުވެރިކަމުގެ ދާއިރާވެސް ފުޅާވެގެންދާނެއެވެ.
މި ލިއުމާއި ގުޅޭ