Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެޗްޕީއޭ

މާލެ ސަރަހައްދުގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަލާ ފާސްކުރަނީ

މާލެ ސަރަހައްދުގައި ހިންގާ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަލާ ފާސްކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފައިވަަކަން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ރަމަޟާންމަސް ފެށުމުގެ ކުރިން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން އިންސްޕެކްޓް ކުރުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ.

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނަށް ޒިޔާރަތްކޮށް ބަލާ ފާސްކުރުމުގެ ހަރަކާތް ކުރިއަށް ގެންދާނީ ފެބްރުއަރީމަހު 18 އިން ފެށިގެން ކަމަށް އެޗްޕީއޭގެ އިއުލާނުގައި ވެއެވެ.

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަމުގެ މިންގަނޑުތައް ދެމެހެއްޓުމަށް ބާރުއަޅައި، އާއްމު ސިއްހަތަށް ރައްކާތެރިގޮތުގައި ހިދުމަތް ދިނުމަށް ބާރުވެރިކޮށް އަހުލުވެރިކުރުވުމުގެ ބޭނުމުގައި ހިންގާ އިންސްޕެކްޝަންގައި މާލޭ ސިޓީ ކައުންސިލާއި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، ހުޅުމާލޭ ހޮސްޕިޓަލްގެ އިތުރުން ކަމާ ގުޅުން ހުރި އެހެން މުއައްސަސާތައް ބައިވެރިވާނެކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ