ޗައިނާގެ ޝިއަމެން އެއާލައިންގެ ޗާޓަރު ދަތުރުތައް ރާއްޖެއަށް މިއަދު ފަށައިފިއެވެ.
ިޗައިނާގެ ފުޖިއާން ޕްރޮވިންސްގެ ޝިއަމެން ސިޓީއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ޖެއްސި ޝިއަމެން އެއަރ ގެ ފުރަތަމަ ފްލައިޓުން ޗައިނާގެ 230 މީހުން ރާއްޖެ އައެވެ.
ޝިއަމެން އެއަރ އިން ރާއްޖެއަށް ޗާޓަރު ފުލައިޓްތައް ފެށުމާ ގުޅިގެން ވެލާނާ އެއާޕޯޓުގައި މިއަދު ޚާއްސަ ހަރަކާތްތަކެއް ވަނީ ބާއްވާފައެވެ.
މި ހަރަކާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީނާއި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިޞަލާއި އެމްއެމްޕީއާރްސީއާއި އެމްއޭސީއެލްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޝިއަމެންގެ ދަތުރުތައް މިއަދު ފެށުމާއެކު ޗައިނާއިން ރާއްޖެއަށް ދަތުރުކުރާ އެއާލައިންތަކުގެ އަދަދު މިހާރު ވަނީ ފަހަކަށް އަރައިފައެވެ.
ޝިއަމެންގެ އިތުރުން ރާއްޖެއަށް މިހާރު ދަތުރުތައް ފަށާފައިވަނީ ހޮންގކޮންގ އެއާލައިނާއި ބެއިޖިންގ ކެޕިޓަލް އެއާލައިނާއި ޗައިނާ އީސްޓަން އެއާލައިނާއި ސީޝުއާން އެއާަލައިނުންނެވެ.