Tuesday 22nd Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާލެ ސިޓީ ކައުންސިލް

މާލޭގެ މިސްކިތްތައް ސިޓީކައުންސިލުން އަމިއްލައަށް ސާފުކުރަން ނިންމައިފި

މާލޭގެ މިސްކިތްތައް ފޮޅާއި ސާފުކުރުމުގެ މަސައްކަތް ކުންފުނިތަކާއި ހަވާލުކޮށްގެން ކުރުން ނިމުމަކަށް ގެނެސް, މާލޭ ސިޓީ ކައުންސިލުންގެ ބެލުމުގެ ދަށުން އަމިއްލައަށް ކުރިއަށް ގެންދިއުމަށް އެ ކައުންސިލުން މިއަދު ނިންމައިފިއެވެ.

މިސްކިތްތައް ސާފުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލު ކުރުމުން އޭގެ ނަތީޖާ އެހާ ރަނގަޅު ނޫންކަން ފާހަގަކޮށް މިސްކިތްތައް ސާފުކުރުން މާލެސިޓީ ކައުންސިލުގެ މުވައްޒަފުން ކުރާގޮތަށް ފާސްކުރީ މިއަދު ބޭއްވުނު މާލެސިޓީ ކައުންސިލުގެ ބައްދަލުވުމުގައެވެ.

ބާއްދަލުވުމިުގައި ވާހަކަދައްކަވަމުން މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ މިސްކިތްތައް ރަނގަޅަށް ނުބެލެހެއްޓޭކަމުގެ ޝަކުވާތައް ލިބެމުން އަންނަކަމަށާއި އެ މަސައްކަތް ކުރަމުން ދިޔައީ ބިދޭސީންކަމަށާ އެއީ ކައުންސިލަށް ޖަވާބުދާރީވެވޭނެ ފަދަ މުވައްޒަފުންތަކެއް ނޫންކަމުން ދަތިތަކާއި ކުރިމަތިލާނެ ޖެހޭކަމަށެވެ.

މޭޔަރު އާދަމް އާޒިމް ވިދާޅުވީ ކައުންސިލުން އެ މަސައްކަތް ކުރިޔަސް ވަކި އިތުރު ހަރަދެއް ނުހިނގާނެކަމަށާއި ކުންފުނިތަކާއި ހަވާލުކޮށްގެން 2.2 މިލއަނަށް ކުރަމުން އައި މަސައްކަތް 2.1 މިލިއަނަށް ސިޓީކައުންސިލުގެ މުވައްޒަފުން ލައްވައި އެމަސައްކަތް ކުރެވޭނެކަމަށެވެ.

މި ލިއުމާއި ގުޅޭ