Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހަމަނުޖެހުން

ގަލޮޅު ދަނޑުގައި މާރާމާރީ ހިންގި މައްސަލާގައި ޖުމްލަ 10 މީހަކު ހައްޔަރުކޮށްފި

މި މަހުގެ ހަތްވަނަ ދުވަހު ގަލޮޅު ދަނޑުގައި މާރާމާރީ ހިންގި މައްސަލާގައި މިހާތަނަށް ޖުމްލަ 10 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ވިކްޓްރީ ސްޕޯޓްސް ކްލަބާއި ކުޑަހެންވޭރު ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގެ ކުޅުން ކުރިއަށް ދަނިކޮށް ބަޔަކު މީހުން ދަނޑު މައްޗަށް އަރައި ހަމަނުޖެހުން ހިންގައި ވިކްޓްރީގެ ކުޅުންތެރިންނާއި އޮފިޝަލުންނާމެދު މާރާމާރީ ހިންގި މައްސަލާގައި މިހާތަނަށް ޖުމްލަ 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މާރާމާރީ ހިނގަން މެދުވެރިވީ ދެ ޓީމުގެ ދެ ކުޅުންތެރިއެއްގެ ދެމެދު ހިނގި ހަމަނުޖެހުމަކާ ގުޅިގެންނެވެ.
މި މައްސަލާގައި ހައްޔަރުކުރި އެންމެންގެ މައްޗަށް ވެސް ކުރަނީ މާރާމާރީ ހިންގުމާއި ބިރުދެއްކުމާއި އިންޒާރު ދިނުމާއި އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ހިންގިކަމުގެ ތުހުމަތެވެ.

ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު އިއްޔެ ވަނީ ޝަރުތު ކުރުމަށްފަހު ބަންދުން ދޫކޮށްލައިފައެވެ.

މި ލިއުމާއި ގުޅޭ