Wednesday 19th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އޫރިދޫ

އުރީދޫ އާއި އަމާނަ ތަކާފުލް ގުޅިގެން ޓްރެވަލް އިންޝުއަރެންސްއެއް ތައާރަފުކޮށްފި

އުރީދޫ މޯލްޑިވްސް އިން އަމާނަ ތަކާފުލް މޯލްޑިވްސް އާއި ގުޅިގެން "އެމް ފައިސާ ޓްރެވަލް އިންޝުއަރެންސް"ގެ ނަމުގައި ޓްރެވަލް އިންޝުއަރެންސް ޕެކޭޖެއް ތައާރަފްކޮށްފިއެވެ.

އުރީދޫއިން ބުނިގޮތުގައި މިޕެކޭޖު ފަރުމާކޮށްފައިވަނީ ފަސޭހަކަމާއެކު އެމްފައިސާ މެދުވެރިކޮށް އިންޝުއަރަންސް ނެގޭނެ ގޮތަށެވެ.

އުރީދޫއިން އަމާނަ ތަކަފުލްއާ ގުޅިގެން ތައާރްފްކުރި އެމް ފައިސާ ޓްރެވަލް އިންޝުއަރެންސް އަކީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ފޯރުކޮށްދޭ ޓްރެވަލް އިންޝުއަރެންސް ޕެކޭޖެކެވެ. މިޕެކޭޖުން ދަތުރުގައި ދިމާވާ އެކިއެކި ހާދިސާތަކުން ލިބޭ މާލީ ގެއްލުން ތަކަށް ބަދަލު ފޯރުކޮށްދެވޭނެއެވެ.

އުރީދޫއިން ބުނީ މިޕެކޭޖުން ބަދަލު ފޯރުކޮށްދޭ ކަންކަމުގެ ތެރޭގައި ދަތުރުމަތީގައި ދިމާވި އެކްސިޑެންޓެއްގައި ނިޔާވުން ނުވަތަ ދާއިމީ ނުކުޅެދުންތެރިކަމެއް ކުރިމަތިވެއްޖެނަމަ 771،000 ރ އާއި ހަމައަށް ބަދަލު ފޯރުކޮށްދޭނެކަމަށެވެ.

އަދި ކުއްލިހާލަތްތަކުގައި (އެކްސިޑެންޓް އަދި އެމަޖެންސީ ހާލަތުގައި) ބޭސްފަރުވާގެ ހަރަދުތައް 1،542،000 ރ އާއި ހަމައަށް ބަދަލު ފޯރުކޮށްދޭނެކަމަށްވެސް އުރީދޫއިން ބުނެފައިވެއެވެ.

މީގެއިތުރުން ބަދަލު ފޯރުކޮށްދޭ އިތުރު ކަންކަމުގެ ތެރޭގައި، މެދުވެރިވި ހާލަތެއްގެ ސަބަބުން ދަތުރު ކެންސަލް ކޮށްލަން ޖެހުން ނުވަތަ ދަތުރު ކުރުކޮށްލާފައި އަންނަން ޖެހިއްޖެ ހާލަތެއްގައިވެސް ބަދަލު ފޯރުކޮށްދެވޭނެ އުސޫލުތަކެއް ހިމަނާފައިވެއެވެ.

އުރީދޫއިން ބުނީ ފްލައިޓަށް އެރުވި ދަބަސް ގެއްލުން ނުވަތަ ޕާސްޕޯޓް ގެއްލުންފަދަ ހާލަތްތަކުގައިވެސް ބަދަލު ފޯރުކޮށްދޭނެކަމަށާއި ފުރަން އޮތް ފްލައިޓަށް ދިމާވި ކަމެއްގެ ސަބަބުން ދަތުރު ކުރެވޭގޮތް ނުވުން ނުވަތަ ފުރަން އޮތް ފްލައިޓް ފުރުން 12 ގަޑިއިރަށް ވުރެ ލަސްވެއްޖެ ނަމަ ވެސް ބަދަލުދެވޭ އުސޫލުތަކެއް ހިމަނާފައިވާކަމަށެވެ.

އެ ކުންފުނިން ބުނިގޮތުގައި ކަސްޓަމަރުންނަށް މިޕެކޭޖް 14 ދުވަހުގެ މުއްދަތަކަށް ނުވަތަ 35 ދުވަހުގެ މުއްދަތަކަށް ނެގޭނެއެވެ. އަދި މިޓްރެވަލް އިންޝުއަރެންސް ޕެކޭޖުގައި އޭޝިއާ ބައްރުގެ ގައުމުތަކަށް ދަތުރު ކުރުމަށް ހާއްސަ އެންމެ އަގުހެޔޮ އޭޝިޔާ ޕެކޭޖް ލިބެން ހުންނާނެކަމަށާއި އެމެރިކާ ނުވަތަ ކެނެޑާއަށް ދަތުރު ކުރާ ފަރާތްތަކަށްވެސް ހާއްސަ ޕެކޭޖެއްލިބެން ހުންނާނެކަމަށް އުރީދޫއިން ބުނެފައިވެއެވެ.
އުރީދޫއިން ބުނިގޮތުގައި އެމް ފައިސާ ޓްރެވަލް އިންޝުއަރެންސް އަކީ މިވަގުތު މާކެޓްގައި ލިބެން ހުރި އެންމެ އަގުހެޔޮ ޓްރެވަލް އިންޝުއަރެންސް ޕެކޭޖެވެ. އެގޮތުން މިޕެކޭޖުގެ އަގު ކަނޑައެޅީ އެ ޕެކޭޖެއް ނަގާ މުއްދަތަކަށާއި ދަތުރު ކުރާ ގައުމަށް ބަލައިގެންކަމަށާއި އޭޝިއާ ބައްރުގެ ގައުމަކަށް 14 ދުވަހުގެ މުއްދަތަކަށް ދަތުރު ކުރާނަމަ ދައްކާލަން ޖެހޭނީ އެންމެ 117 ރުފިޔާކަން އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.

އެމްފައިސާ ޓްރެވެލް އިންޝުރެންސްގެ ޕެކޭޖް 65 އަހަރުން ދަށުގެ ކޮންމެ މީހަކަށްވެސް ނެގޭނެއެވެ. އަދި އެއްކޮށް ދަތުރު ކުރާ ފަރާތްތަކަށް ވަކި ވަކި ޕެކޭޖު ނެގުމުގެ ބަދަލުގައި އެއްޕެކޭޖުގައި ހުރިހާ ފަރާތްތަކެއް ހިމެނޭނެއެވެ.

އުރީދޫއިން ބުނީ މިޕެކޭޖުން ބަދަލު ހޯއްދުމަށް އެކްސިޑެންޓެއް ދިމާވުމުން ވީހާވެސް އަވަހަކަށް އަމާނަ ތަކަފުލް މޯލްޑިވްސް އާއި ހިއްސާ ކުރުމަށްފަހު ހަރަދުވި ބިލްތައް ހުށައެޅުމުން ބަދަލު ފޯރުކޮށްދޭނެކަމަށެވެ.

މީގެ އިތުރުން އެމެޖެންސީ ހާލަތުގައި ބޭސްފަރުވާގެ ކަންކަން ހަމަޖެއްސުމަށްޓަކައި އަމާނަ ތަކަފުލް މޯލްޑިވްސްގެ ތާޑްޕާޓީ އެޖެންޓުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެކި އެކި ސަރަހައްދުތަކުގައި ތިބޭނެކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ