Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަލީ ނިޒާރު

އާދޭސްކުރުމުންވެސް އެމްޑީޕީ ސަރުކާރުން މަރާމާތުކޮށްނުދިން ސްޓޭޑިއަމް މި ސަރުކާރުން މަރާމާތުކޮށްދީފި: ނިޒާރު

އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމް މަރާމާތުކޮށްދޭން ނިމުނު އެމްޑީޕީގެ ސަރުކާރުގައި އެތައް ފަހަރަކު އާދޭސްކުރުމުންވެސް މަރާމާތުކޮށްނުދީ އޮއްވައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެ ސްޓޭޑިއަމް މަރާމާތުކޮށްދީފިކަން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ހާމަކުރައްވައިފިއެވެ.

އައްޑޫ ސިޓީގައި އޮތް ކުޅިވަރު މުބާރާތެއް އިފުތިތާހުކުރުމުގެ ހަފުލާގައި ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވީ އައްޑޫގެ އެ ސްޓޭޑިއަމަކީ އެއްވެސް މިންވަރަކަށް މަރާމާތުނުކުރާތާ 10 ވަރަކަށް އަހަރުވެފައިވާ ސްޓޭޑިއަމެއް ކަމަށެވެ.

"މި ސްޓޭޑިއަމަކީ ގާތްގަނޑަކަށް 10 އަހަރުވަންދެން އެއްވެސް މަރާމާތެއް ނުކުރެވި، ދަވާދުކޮޅެއްވެސް ކާއްތައިނުލެވި އޮތް ތަނެއް،" ނިޒާރު ވިދާޅުވިއެވެ.

އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ އައްޑޫ ސިޓީގެ މޭޔަރު ނިޒާރު ވިދާޅުވީ ނިމުނު ސަރުކާރުގައި މި ސްޓޭޑިއަމަކީ އައްޑޫގެ އަގުބޮޑު މުދަލެއްކަމަށްވާތީ އެ ސްޓޭޑިއަމް ވީރާނާވުމަށް ދޫނުކޮށް މަރާމާތުކޮށްދިނުމަށް އާދޭސްކުރި ނަމަވެސް އެ ސަރުކާރުގެ ދައުރު ނިމިގެންދިޔައީ އެ ސްޓޭޑިއަމް މަރާމާތުކުރުމަށް އެއްވެސް މަސައްކަތެއް ނުކުރެވިކަމަށް އޭނާ ވިދާޅުވިއެވެ.

"މިދިޔަ ސަރުކާރުގައި އަޅުގަނޑުމެން ތަކުރާރުކޮށް އެދުނިން، މިސްޓޭޑިއަމް މިއީ އައްޑޫއަށް ލިބިފައިވާ އަގުބޮޑު މުދަލަކަށްވާއިރު މިތަން ވީރާނާވާން ދޫކޮށްނުލަން. ނަމަވެސް އެއްވެސް ކަމެއް ނުކޮށް މިދިޔަ ސަރުކާރުގެ ދައުރު ނިމިގެންދިޔަކަން އަޅުގަނޑުމެން ހިތާމައާއެކު ފާހަގަކުރަން،"

ނަމަވެސް މިހާރު އެ ސްޓޭޑިއަމުގައި ބާއްވަމުންދާ މުބާރާތަށް ތައްޔާރުވާން ފެށުމާއެކު މިހާރުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން އަވަހަށް އެ މަސައްކަތް ނިންމަން ބަޔަކާ ހަވާލުކުރިކޮށް މަރާމާތުކޮށްފައިވާ ކަމަށް ނިޒާރު ވިދާޅުވިއެވެ.

މޭޔަރުވަނީ އެ ސްޓޭޑިއަމުގެ މަރާމާތުގެ މަސައްކަތް އިސްކަމެއް ދީގެން ސަރުކާރުން ކުރީތީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަށާއި އެމަނިކުފާނުގެ ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރަފީޢުއަށް ޝުކުރު އަދާކުރައްވާފައެވެ.

މި ލިއުމާއި ގުޅޭ