Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އައިޖީއެމްއެޗް

ޗާންދަނީމަގުގައި ހުރި އިމާރާތަކުން ވެއްޓުނު މީހާ ނިޔާވެއްޖެ

ޗާންދަނީމަގުގައި ހުރި އިމާރާތަކުން ވެއްޓުނު މީހާ ނިޔާވެއްޖެއެވެ.

މިއަދު ހެނދުނު 10:30 ކަން ހާއިރު ޗާންދަނީ މަގުގައި ހުރި ގެއެއްގެ ސިޑިގޮޅިން ވެއްޓުނު އުމުރުން 20 އަހަރުގެ ބިދޭސީ މީހާ ނިޔާވެފައިވަނީ މިއަދު 13:40 ހާއިރުކަމަށް އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވަނީ ކަށަވަރުކޮށްދީފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އޭނާ ސިޑިގޮޅިއަށް ވެއްޓުނީ، 9 ވަނަ ބުރީގައި ހުރި އޭސީއެއް މަރާމާތުކުރަން އެ އިމާރާތުގެ ވައިގޮޅިއަށް ވަދެ އުޅުމުގެ ތެރެއިންނެވެ. އޭސީ މަރާމާތުކުރަން އުޅެނިކޮށް އެ ބިދޭސީ މީހާ ވެއްޓި ހަށިގަނޑުގެ އެތައް ތަނަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. މައުލޫމާތު ލިބޭ ގޮތުން، އޭނާ ވައިގޮޅިން ނެގި އިރު، އޭނާގެ ބޮލަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވެއެވެ.

އޭނާ ވެއްޓުމުން އައިޖީއެމްއެޗް ހޮސްޕިޓަލުގެ އިމެޖެންސީ ރޫމަށް ގެންގޮސް ފަރުވާދޭން ފަށާފައިވެއެވެ. އަދި އޭނާ ނިޔާވެފައިވަނީވެސް، އީއާރުގައި ފަރުވާދެމުންދަނިކޮށްކަމަށް އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މައުލޫމާތުދީފައިވެއެވެ.

ފުލުހުން މައުލޫމާތުދިން ގޮތުން އޭނާ އައިޖީއެމްއެޗްއަށް ގެންދިޔައިރުވެސް ހާލު ސީރިއަސް އެވެ.

މި ލިއުމާއި ގުޅޭ