Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހުސްނުއްސުއޫދު

ޖޭއެސްގައި ސުޕްރީމް ކޯޓު ތަމްސީލުކުރައްވަން ހުސްނުއްސުއޫދު ހަމަޖައްސަވައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ސުޕްރީމްކޯޓް ތަމްސީލުކުރައްވާ ފަނޑިޔާރަކަށް, އެކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ހުސްނުއްސުޢޫދު ހަމަޖައްސަވައިފިއެވެ.

ޖޭއެސްސީގައި ސުޕްރީމް ކޯޓު ތަމްސީލް ކުރައްވަމުން ގެންދިޔަ ފަނޑިޔާރު ޝުޖޫންގެ ދައުރު ހަމަވާނީ މިއަހަރުގެ ފަހުކޮޅުއެވެ. ނަމަވެސް ޝުޖޫންގެ ބަދަލުގައި ހުސްނުއްސުޢޫދު ޖޭއެސްސީއަށް އައްޔަން ކުރުމުގެ އިތުރު ތަފްސީލެއް ސުޕްރީމްކޯޓުން ހާމަކޮށްފައެއްނުވެއެވެ.

އަލްއުސްތާޛް ހުސްނުއްސުޢޫދު ވަނީ 2010 ވަނަ އަހަރުވެސް ބަންޑާރަނައިބުގެ ހައިސިއްޔަތުން ޖުޑިޝިއަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަން ކުރައްވާފައެވެ.

ޖޭއެސްސީގައި އުއްތަމަފަނޑިޔާރު ފިޔަވައި ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އިތުރު ފަނޑިޔާރަކު އިންނަން ޖެހެއެވެ.

މި ލިއުމާއި ގުޅޭ