Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަތުރުވެރިކަން

ފުލިދޫއިން ސަވާދީއްތަ ދަތުރުގެ ބައިވެރިންނަށް ހޫނު މަރުހަބާއެއް ކިޔައިފި

ފުލިދޫއިން ސަވާދީއްތަ ދަތުރުގެ ބައިވެރިންނަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ކުރިއަށް ގެންދާ ޔޮޓް ރެލީ "ސަވާދީއްތަ ދަތުރު"ގެ 3 ވަނަ ދަތުރު މިމަހުގެ 10 ވަނަ ދުވަހު ފަށާފައިވާއިރު އެ ދަތުރުގެ ފުރަތަމަ މަންޒިލް ވ. ފުލިދޫއިން އެ ދަތުރުގެ ބައިވެރިންނަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މޯލްޑިވްސް އިންޓަގްރޭޑެޓް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)އިން ކޮންމެ އަހަރަކު ބާއްވާ ސަވާދީއްތަ ދަތުރު ޔޮޓް ރެލީގައި ދިވެހީންގެ ސަގާފަތް ދުނިޔޭގެ އެކި ކަންކޮޅުތަކަށް އިޝްތިހާރު ކުރެވިގެންދާނެއެވެ.

ސަވާދީއްތަ ދަތުރުގެ ބައިވެރިންނަށް ފުލިދޫއިން ކިޔާފައިވާ މަރުހަބާގައި ދިވެހި ސަގާފީ އެތައް އުފެއްދުންތަކެއް ދައްކުވާލާފައިވެއެވެ. ސަގާފީ ދިވެހި ހެދުންތަކާއި، ސަގާފީ ކުޅިވަރުތަކާއި، ސަގާފީ ނެޝުންތަކުން ފެށިގެން ދުފުމަށް ދާންދެން ފަތުރުވެރިންނަށް ދިވެހި ސަގާފަތް އިޝްތިހާރުކޮށްފައިވެއެވެ.

އަދި މީގެ އިތުރުން ސަވާދީއްތަ ދަތުރުގެ ބައިވެރިން ހަނދާނީ ލިޔުމެއްގެ ގޮތުގައި ބޭނުންކުރާ "ސަވާދީއްތަ ޕާސްޕޯޓް"ގައި ފުލިދޫއަށް ދަތުރުކުރިކަން ކަށަވަރުކުރުމުގެ ގޮތުން އެ ރަށު ކައުންސިލުން ތައްގަނޑު ޖަހާފައިވެއެވެ.

އޮސްޓްރޭލިއާ، ޔޫކޭ، ޔޫއޭއީ، ފްރާންސް އަދި ފިންލޭންޑްގެ ބައިވެރިން ހިމެނޭހެން 10 ޔޮޓާއެކު 55 ބައިވެރިން ހިމެނޭ މި ދަތުރުގެ ފުރަތަމަ މަންޒިލްކަމަށްވާ ފުލިދޫއަށްފަހު ދެން ދާނީ މ. އަތޮޅު މުލަކަށެވެ. އަަދި އެއަށްފަހު، ލ. ގަން، ލ. ފޮނަދޫ، ގއ. ކޮލަމާފުށި، ގދ. ހޯނޑެއްދޫ، އަދި އައްޑޫ ސިޓީ ހިތަދޫއާއި ގަމަށްދިއުމަށްވެސް މިފަހަރު ނިންމާފައިވެއެވެ.

މި ލިއުމާއި ގުޅޭ