Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ ސައީދު

ރައީސްގެ އިސްލާހަށް މާލީ އިދާރާތަކުގެ އިތުބާރު އެބައޮތް، ތަންފީޒުކުރުމުގައި އެހީތެރިކަން ލިބޭނެ: ސައީދު

ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ފައްޓަވާފައިވާ އިޤުތިޞާދީ އިސްލާހުތަކާއެކު ބޭރުގެ ފަރާތްތަކުގެ އިތުބާރު އިތުރުވެ އެ އިސްލާޙުތައް ތަންފީޒުކުރުމުގައި އެ ފަރާތްތަކުގެ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ރައީސަށް އެ ފަރާތްތަކުން ދީފައިވާކަމަށް އިޤުތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިންވެސްޓުކުރުމަށް ރާއްޖޭގައި ހުރި ފުުރުސަތުތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް، ޑުބާއީގެ ބުރުޖުލް ޢަރަބުގައި މިއަދު ބާއްވާ އިންވެސްޓު މޯލްޑިވްސް ފޯރަމުގައި ބައިވެރިވެވަޑައިގަތުމަށް ދުބާއީއަށް ކުރައްވާ ޒިޔާރަތުގެ ތެރެއިން މިއަދު ނޫސްވެރިންނަށް ދެއްވި ބަސްދީގަތުމެއްގައި ސައީދު ވިދާޅުވީ ރާއްޖޭގެ އިޤުތިޞާދަށް އިންވެސްޓަރުންގެ އިތުބާރު އިއާދަކޮށް، ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން ތާރީފުކުރާ ކަމަށެވެ.

އެގޮތުން އިއްޔެ އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ މެނޭޖިން ޑިރެކްޓާ ރައީސްގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރައްވައި އިޤުތިޞާދުގެ ހާލަތު ރަނގަޅުކުރެއްވުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅަށް ވަރަށް ބޮޑަށް ތާރީފުކުރެއްވި ކަމުގައި ސައީދު ވިދާޅުވިއެވެ.

އެގޮތުން ސައީދު ފާހަގަކުރެއްވީ ފައިސާ ޗާޕުކުރުން ހުއްޓައިލުމަކީ މިފަދަ ހާލަތެއްގައި ޤައުމެއްގެ ވެރިޔަކު ނަންގަވާނެ އެންމެ ރަނގަޅު ނިންމެވުމެއްކަން ފާހަގަކުރައްވައި އެ ނިންމެވުމުގެ ސަބަބުން ރާއްޖެ އިތުރަށް ކުރިއަށްދާނެކަން އައިއެމްއެފްއިން ފާހަގަކުރި ކަމުގައި ސައީދު ވިދާޅުވިއެވެ. އަދި ސައީދު ވިދާޅުވީ ރައީސްގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި ބޮޑެތި އިސްލާހީ ބަދަލުތަކާ ގުޅިގެން އެކަމަށްވެސް އައިއެމްއެފްއިން މަރުހަބާ ވިދާޅުވި ކަމަށެވެ.

"ރިޔާސީ ބަޔާނެއްގައި ރައީސުލްޖުމްހޫރިއްޔާ ހައިސިއްޔަތުން ވަކި ކަންތައްތަކެއް ވިދާޅުވެފައި އެކަންކަމުގެ ރިފޯމު ގެންނަވާނެކަމަށް ވިދާޅުވުމަކީ ވަރަށް ބޮޑަށް އެ ބޭފުޅުން މަރުހަބާ ވިދާޅުވި ކަމެއް. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތު ރަނގަޅުވުންނޫން ކަމެއްނުވާނެ ކަމުގައި އެ ބޭފުޅުން [އައިއެމްއެފް] ވިދާޅުވި،"

އިތުރަށް ސައީދު ވިދާޅުވީ ދޭދޭ ދައުލަތްތަކާއި ބައިނަލްއަޤުވާމީ ޖަމްއިއްޔާތަކާއި މާލީ އިދާރާތަކުންވެސް ރައީސްގެ އިސްލާހީ ސިޔާސަތުތަކަށް ތާއީދުކޮށް އެ ސިޔާސަތުތައް ތަންފީޒުކުރުމުގައި އެހީތެރިވާނެ ކަމުގައި ސައީދު ވިދާޅުވިއެވެ.

ރާއްޖޭގެ އިޤުތިޞާދީ ހާލަތަށް ބަލާއިރު ފާއިތުވި ދޮޅު މަހެއްހައި ދުވަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުންދާކަން ސައީދު ފާހަގަކުރެއްވިއެވެ. މީގެ ދެދުވަސްކުރަން 10،000 ފަތުރުވެރިން އައިކަން ފާހަގަކުރައްވައި ވިދާޅުވީ ފަތުރުވެރިން އަންނަ މިންވަރު އިތުރުވުމުގެ ސަބަބުން ވަށައިގެން ހުރި އެހެނިހެން އިޤުތިޞާދީ ހަރަކާތްތައް އިތުރުވެގެންދާނެ ކަމަށެވެ.

އޭގެ އިތުރަށް ސައީފު ވިދާޅުވީ މިހާރު ރާއްޖޭގެ އިޤުތިޞާދީ ހާލަތު ރަނގަޅުކޮށް އާންމު ވިޔަފާރިތަކަށް ވިޔަފާރިކުރުމުގެ މާހައުލު ތަނަވަސްކުރުމަށް، ވެރިކަމާ ހަވާލުވިއިރު ކުރީ ސަރުކާރުން ވިޔަފާރިތަކަށް ދައްކަންޖެހި ނުދައްކައި ހުރި 7 ބިލިއަނެއްހައި ރުފިޔާގެ ތެރެއިން 50 އިންސައްތައެއްހައި މިންވަރު މި ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށެވެ.

މި ލިއުމާއި ގުޅޭ