Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ ޢަލީ ހައިދަރު

ފްލެޓާ ގުޅޭ ކަންކަމުގައި ހަރަކާތްތެރިވާނެ މިނިވަން ކޮމެޓީއެއް އެކުލަވާލަނީ

ފްލެޓުތަކާ ގުޅޭ ކަންކަމުގައި ހަރަކާތްތެރިވެ ލަފާދޭނެ މިނިވަން ކޮމެޓީއެއް އެކުލަވާލަން ނިންމާފައިވާކަމަށް ހައުސިންގް މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން، އެމަނިކުފާނު ވިދާޅުވީ، ފްލެޓުގެ ކަންކަމުގައި ހަރަކާތްތެރިވާނެ ހާއްސަ މިނިވަން ކޮމިޓީއެއް އެކުލަވާލާނެކަމަށެވެ.

ވަޒީރު ޑރ. ހައިދަރު ވިދާޅުވީ، އެކުލަވާލެވޭ ކޮމެޓީއިން ރާއްޖޭގައި މިހާރު އަޅަމުންދާ ފްލެޓުތަކާބެހޭގޮތުން ސަރުކާރަށް ލަފާދެއްވާނެކަމަށެވެ. އަދި ސަރުކާރުގެ ކަންކަން ނިންމާނީ އެ ކޮމެޓީއިންދޭ ލަފަޔަށް ރިއާޔަތްކުރުމަށް ފަހުގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން، އެ ކޮމެޓީ އެކުލަވާލުމުގެ މަސައްކަތް މިހާރު ފެށިފައިވާކަމަށް ވަޒިރު ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް ޕޯޓަލް ލިބުނުހާ އަވަހަކަށް އެ މަސައްކަތް ކުރިއަށްގެންދާނަން
ވަޒީރު ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ފްލެޓު ލިބޭނެ ކަމަށް ބުނެ ގެދޮރު ވެރިޔާ ސްކީމުގެ ފްލެޓު ލިސްޓުގައި ހިމަނާފައިވާ ނަންތަކުގެ ތެރެއިން ބައެއް ފަރާތްތަކުގެ ޝަރުތު ހަމަނުވާކަމަށްބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތަހުގީގެއް ފަށާފައިވެއެވެ. އަދި، އެ މައްސަލައަކީ ކުރިއަށްދާ ތަހުގީގެއް ކަމަށް ވުމުން ހައުސިންގް މިނިސްޓްރީގެ ޕޯޓަލް އެކްސެސް ވަނީ ކަނޑާލާފައެވެ.

މި ލިއުމާއި ގުޅޭ