Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ ޣައްސާން

ބަނގްލަދޭޝްގެ ހައިކޮމިޝަނަރ ރާއްޖޭގެ ދިފާޢީ ވަޒީރާއި ބައްދަލުކުރައްވައިފި

ބަންގްލަދޭޝް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ, ރިއަރ އެޑްމިރަލް އެސް އެމް އަބުލް ކަލާމް އަޒަދް, ދިވެހިރާއްޖޭގެ ދިފާޢީ ވަޒީރު, ޢައްސާން މައުމޫން އާއި ބައްދަލުކުރައްވައިފިއެވެ.

މިއަދު ޑިފެންސް މިނިސްޓްރީގައި ބޭއްވުނު ބައްދަލުވުމުގައި, ދެޤައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭގޮތުން މަޝްވަރާކުރެވުނެވެ. އަދި މީގެ އިތުރުން ދެޤައުމުން އެއްބާރުލުން އިތުރުކުރަން ފެންނަ ދާއިރާތަކާއިމެދުގައި ވެސް މަޝްވަރާކުރެވުނެވެ.

ރިއަރ އެޑްމިރަލް އެސް އެމް އަބުލް ކަލާމް އަޒަދް ދިވެހިރާއްޖެއަށް ބަނގްލަދޭޝްއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމާއި ހަވާލުވެވަޑައިގަތީ 2022 ވަނަ އަހަރުގެ އެޕްރީލް މަހުގައެވެ.

ބަނގްލަދޭޝް އަކީ އެއްޤައުމެއްގެ ރައްޔިތުން ރާއްޖޭގައި އެންމެ ގިނަ ޤައުމެވެ. ދިވެހިރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެވެސް އެންމެ ގިނަ އިންސައްތައެއްގެ މީހުންނަކީ ބަނގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ.

މި ލިއުމާއި ގުޅޭ