Sunday 23rd Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެކްސިޑެންޓު

ޗާންދަނީމަގު އިމާރާތަކުން މީހަކު ވެއްޓިއްޖެ

ޗާންދަނީ މަގުގައި ހުންނަ އިމާރާތެއްގެ މަތިން މީހަކު ވެއްޓިއްޖެއެވެ.

ފުލުހުން މަޢުލޫމާތުދިން ގޮތުގައި މިއަދުގެ ހެނދުނު 10:30 ހާއިރު ޗާންދަނީ މަގުގައި ހުންނަ ޢިމާރާތަކުން މީހަކު ވެއްޓިގެން އެކަމުގެ މަޢުލޫމާތު އެއިދާރާއަށް ވަނީ ލިބިފައެވެ.

ވެއްޓުނު މީހާއަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއެވެ. ފުލުހުން ބުނި ގޮތުގައި އެމީހާ ވެއްޓުނީ އެ އިމާރާތުގެ 9 ވަނަ ފަންގިފިލާއިންނެވެ. އޭނާ ވެއްޓުނީ ސިޑި ގޮޅިން އެންމެ ތިރިއަށް ކަމުގައި ކަމަށް ފުލުހުން ބުންޏެވެ.

ސިނޑި ގޮޅިން ވެއްޓުނު މީހަކީ އުމުރުން 20 އަހަރުގެ އިންޑިއާ މީހެއްކަމަށްވެސް ފުލުހުންގެ އިދާރާއިން މައުލޫމާތު ދީފައިވެއެވެ. އަދި މިވަގުތު އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާއިރު އޭނާގެ ހާލު ސީރިއަސްކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މާލެސިޓީގައި ޢިމާރާތްތަކުން އެކި އުމުރުފުރާގެ މީހުން ވެއްޓި, ބޮޑެތި އަނިޔާވެ, މަރާއި ކުރިމަތިލުމަކީ މަދުމަދުން ނަމަވެސް މާލެސިޓީގައި ހިނގާ ކަންކަމެވެ. އަދި ކޮންސްޓްރަކްޝަން ސައިޓްތަކުގައި މަސައްކަތުގައި އުޅޭ ބިދޭސީން ޢިމާރާތުން ވެއްޓި, ބޮޑެތި އަނިޔާވުމުގެ ހާދިސާތައް ގިނަކަން ފާހަގަކޮށްލެވެއެވެ.

މި ލިއުމާއި ގުޅޭ