Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު މުޙައްމަދު އަސްލަމް

މި ދައުރުގައި މަޖިލީހަށް ހުށަހަޅަން 24 ބިލެއް ސަރުކާރުން ފޮނުވާފައިވޭ: އަސްލަމް

މި ދައުރު ރައްޔިތުންގެ މަޖިލީހަށް 24 ބިލެއް ހުށަހަޅާނެކަމަށް މަޖިލީހުގެ ރިޔާސަތުގައި އިންނަވާ އެމްޑީޕީގެ ޕީޖީ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދު ގެ ޖަލްސާ ފައްޓަވަމުން އަސްލަމް ވިދާޅުވީ، މި ދައުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ބިލްތަކުގެ ލިސްޓެއް، ސަރުކާރުން އިއްޔެ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާކަމަށެވެ. އަދި އެ ލިސްޓުގައި، ޖުމްލަ 24 ބިލެއް ހިމެނޭކަމަށް އަސްލަމް ވިދާޅުވިއެވެ.

މި ދައުރު މަޖިލީހަށް ހުށަހަޅަން ސަރުކާރުން ފޮނުވާފައިވާ ބިލްތައް

 • ބިމުގެ ބިލް
 • ބޯހިޔާވަހިކަމުގެ ބިލް
 • ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލް
 • އާބަން ޕްލޭނިން އަދި އާބަން ޑިވެލޮޕްމަންޓްގެ ބިލް
 • ނަފުސާނީ ސިއްހަތުގެ ބިލް
 • ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
 • ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކަށް އިސްލާހު ގެނައުމުގެ ބިލް
 • ދަތުރު ރާވައި ހިންގުމުގެ ހިދުމަތް ދިނުމާބެހޭ ބިލް
 • ސޮވެރިން ޑިވެލޮޕްމަންޓް ފަންޑްގެ ބިލް
 • ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
 • ފޮރިން އިންވެސްޓްމަންޓްގެ ބިލް
 • ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
 • މާލީ ސެކިއުރިޓީއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
 • ޑިޕްލޮމެޓިކް އިމްތިޔާޒުގެ ބިލް
 • ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލް
 • ގާނޫނީ ފަނުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
 • އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
 • ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
 • ވަޒީފާ ގެއްލޭ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލް
 • ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
 • ރައީސްކަން ކުރައްވާފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
 • މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
 • މީޑިއާ ކޮމިޝަންގެ ބިލް
 • ބްރޯޑްކާސްޓްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 82 ވަނަ މާއްދާގެ (ރ) ގައި ވާގޮތުން މަޖިލީހުގެ ކޮންމެ ދައުރެއް ފެށުމުގެ ކުރިން އެ ދައުރު މަޖިލީހަށް ހުށަހަޅާ ބިލްތަކުގެ ލިސްޓެއް މަޖިލީހުގެ ރައީސްއަށް ފޮނުވަން ވާނެއެވެ. އަދި ހަމައެފަދައިން، އެ ލިސްޓު މަޖިލީހުގެ ހުރިހާ މެންބަރުންނަށް ފޮނުވަންވާނެކަމަށްވެސް އެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މި ލިއުމާއި ގުޅޭ