Thursday 18th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސިވިލް ކޯޓު

އެމްއާރްއެމް އުވާލަން އީސީން ނިންމީ ގޯސްކޮށް: ސިވިލްކޯޓް

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުމަކީ ބާތިލް, ގޯސް ނިންމުމެއްކަމަށް ސިވިލްކޯޓުން ކަނޑައަޅައިފިއެވެ.

ޤާނޫނުގައި ބުނާ އަދަދަށް މީހުން ހަމަނުވެގެން އެމްއާރްއެމް އުވާލުމަށް އިލެކްޝަނުްނ ނިންމީ މިދިޔައަހަރުގެ މޭމަހު އެވެ. 3000 މެންބަރުން ހަމަނުވާކަމަށް ބުނެ އިލެކްޝަނުން ނިންމި ނިންމުމާދެކޮޅަށް އެމްއާރްއެމް އިން ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް އިއްވަވަމުން ގާޒީ މުހައްމަދު އީސާފުޅު ވިދާޅުވީ އީސީގެ ނިންމުން ގާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ހ) އަދި (ށ)އާ ހިލާފު ކަމަށެވެ.

ސިވިލްކޯޓުގެ ހުކުމްގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި, 3000 މެންބަރުން ހަމަނުވާތީ އިލެކްޝަނުން އެމްއާރްއެމްއަށް ނޯޓިސް ދިން އިރު, ޕްރޮސެސް ނުކުރެވޭ ފޯމުތަކެއް ހުރިކަން ކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކުން އެނގެއެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކުރާ ޕާޓީ އުވާލުމާއި ގުޅޭ ހާލަތެއް ނެތި, ދީފައިވާ ނޯޓިސްއެއް ކަމަށާއި އެ ނޯޓިސްގެ މައްޗަށް ބިނާކޮށް އެމްއާރުއެމް އުވާލަން ނިންމި ނިންމުން ގާނޫނާ ހިލާފުކަމަށް ސިވިލްކޯޓުެ ހުކުމްގައި ބުނެފައިވެއެވެ.

އެމްއާރުއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމިއިރު، އެ ޕާޓީގައި ތިބީ 2،981 މެންބަރުންނެވެ. އެހެންކަމުން ގާނޫނުގައި ބުނާ އަދަދު ހަމަނުވެއިނީ އެންމެ 21 މެންބަރުންނެވެ.

އިލެކްޝަންސް ކޮމިޝަންއާ ދެކޮޅަށް އެ މައްސަލަ ނިންމައި، ގާޒީ އަމުރުކުރެއްވީ މި މައްސަލައިގައި ޝަރީއަތުގެ ހަރަދަށް ހިނގި 50،000ރ. އެމްއާރުއެމްއަށް 3 ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.

މި ލިއުމާއި ގުޅޭ