Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބޭސްފަރުވާ

ރާއްޖެއަށް ކޮލިޓީ ރަނގަޅު ބޭސް ފަސޭހައިން ގެނެވޭ ގޮތަށް މެޑިސިން ޕޮލިސީ ލޯންޗުކޮށްފި

ކޮލިޓީ ރަނގަޅު ބޭސް ރާއްޖެ ފަސޭހައިން ގެނެވޭ ގޮތަށް ގައިޑްލައިން ހަދަންޖެހޭ ގޮތަށް ނޭޝަނަލް މެޑިސިން ޕޮލިސީ ލޯންޗުކޮށްފިއެވެ.

މި ޕޮލިސީ ލޯންޗުކޮށްފައިވަނީ ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ކުރިއަށް އޮތް ހަ އަހަރު ދުވަހަށް ހެދި ނޭޝަނަލް މެޑިސިން ޕޮލިސީގައި މައިގަނޑު ގޮތެއްގައި ބަލާފައިވަނީ އާއްމުންނަށް ބޭނުންވާ ބޭސް، ތަފާތުކުރުމެއް ނެތި އަދި އެކަށީގެންވާ ވަގުތުގައި ކޮލިޓީ ރަނގަޅު ބޭސް ލިބޭނެ ގޮތް ހެދުމަށެވެ.

އެ ޕޮލިސީގައި ބޭހުގެ ރެގިއުލޭޓްރީ ނިޒާމް ވަރުގަދަ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ގަބޫލުކުރާ ގައުމުތަކުން ބޭސް ގެނައުމަށް ފަސޭހަ ގޮތްތަކެއް ހަމަޖެއްސިދާނެ ކަމަށް ބުނެފައިވާއިރު އެއަށް އަމަލުކުރަން ފަށާނީ، އެ އޮތޯރިޓީން ހަދާ ގައިޑްލައިނަށްފަހުގައެވެ.

ބޭރުން ބޭސް ގެނައުމަށް ރާއްޖޭގައި ކެޓެގަރީތައް ކަނޑައެޅިއިރު، އެއް ވަނައިގައި މިހާތަނަށް 18 ގައުމެއް ހިމެނިފައިވެއެވެ.

ހެލްތް މިނިސްޓްރީން ބުނެފައިވަނީ މަހެއްގެ ތެރޭގައި އެ ގައިޑްލައިން އާއްމުކުރާނެކަމަށާއި އެ ގައިދްލައިނާއެކު ރާއްޖެ ގެންނަ ބޭހުގެ ކޮލިޓީ ރަނގަޅުވެ، އެ ތަކެތި ފަސޭހައިން ގެނައުމަށް މަގުފަހިވެގެންދާނެކަމަށެވެ.

މި ލިއުމާއި ގުޅޭ