Saturday 20th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޣައްޒާ

އިސްރާއީލު ސިފައިންގެ ހަމަލާތަކުގައި ޣައްޒާގެ މިސްކިތެއް ބިމާހަމަ ކޮށްލައިފި

ޔަހޫދީ އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ޣައްޒާގެ ރަފާގެ ޔެބްނާ ރެފިއުޖީ ކޭމްޕްގެ މިސްކިތެއް ބިމާހަމަކޮށްލައިފިއެވެ.

އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ފާއިތުވި ދުވަސްތަކުގައި ހަމަލާ ދެމުން އައިސްފައިވާއިރު، އޭގެ ތެރެއިން މިފަހަކާ ޖެހެންދެން ވެސް އެންމެ ވަރުގަދަ ހަމަލާތަކެއް ދީފައިވަނީ ޣައްޒާގެ ޚާން ޔޫނިސް ސަރަހައްދަށެވެ. އެސަރަހައްދުގައި އާންމުން ދިރިއުޅޭ އެތަކެއް އިމާރާތްތަކެއް ސުންނާފަތި ކޮށްފައިވާއިރު، އެތައް ހާސް ބަޔަކު ވެސް ޝަހީދު ކޮށްލާފައެވެ.
ޚާން ޔޫނިސްގެ އިތުރުން މިހާރު ނިރުބަވެރި އިސްރާއީލުން އެމީހުންގެ މިސްރާބު ޖަހާފައިވަނީ ރަފާހް ހިފުމަށެވެ. އެއްގަމުން މަގުން ރަފާހަށް އެރުމުގެ ކުރިން ރޭގެ ވަގުތެއްގައި ނިރުބަވެރިން ވަނީ ކަނޑުމަގުންނާއި ވައިގެ މަގުން ރަފާހަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.
މިހަމަލާތަކުގައި މިހާތަނަށް 50އަށްވުރެ ގިނަ މީހަކު ޝަހީދު ކޮށްލާފައިވާއިރު، އެތަކެއް އިމާރާތްތަކެއް ވެސް ވަނީ ބިމާ ހަމަކޮށްފައެވެ. އޭގެ ތެރޭގައި ރަފާހުގައި ހުރި އެތަކެއް އަހަރުވެފައިވާ މިސްކިތެއް ވެސް ހިމެނެއެވެ.
ރިޕޯޓްތަކުން ބުނާ ގޮތުގައި ނިރުބަވެރިން ބިމާހަމަ ކޮށްފައިވާ މިސްކިތަކީ ރަފާހުގެ ޔެބްނާ ރެފިއުޖީ ކޭމްޕުގައި ހުންނަ މިސްކިތެކެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ކުރަމުން އަންނަ މި ހަނގުރާމައިގައި މިހާތަނަށް ޣައްޒާއިން 28،000 އަށްވުރެ ގިނަ މީހުން ޝަހީދު ވެފައިވާއިރު، ޒަހަމްވި މީހުންގެ އަދަދު ވަނީ 60،000 އަށްވުރު މައްޗަށް އަރާފައެވެ.
މި ލިއުމާއި ގުޅޭ