ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ތަންތަން އަލުން ބިނާކުރުމަށާއި ދަނޑުވެރިކަމުގެ މަސައްކަތްތަކަށް އެހީވާން ޖަޕާނުން، ޔުކްރޭނަށް 15.8 ބިލިއަން ޔެން (106 މިލިއަން ޑޮލަރު) ދޭން ނިންމާފައިާވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ނަމަވެސް މިކަމާ ގުޅޭ ގޮތުން ޖަޕާންގެ ސަރުކާރުން ރަސްމީކޮށް އަދި ވަކި އެއްޗެއް ނުބުނެއެވެ.
2022 ވަނަ އަހަރުގެ ކުރީކޮޅު ރަޝިއާ އިން ޔުކްރޭނަށް ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން އެ ގައުމު އޮތީ ވަރަށް ބޮޑަށް ވީރާނާވެފައެވެ. އަދި މިހާތަނަށް އެތައް ފުރާނަ ގެއްލިގެން ގޮސްފައިވެއެވެ.
ޔުކްރޭނަށް މިހާތަނަށް ހުޅަނގުގެ އެކި ގައުމުތަކުން އެކި ކަހަލަ އެހީތައް ދެމުން ގޮސްފައިވީ ނަމަވެސް ގައުމު އާރާސްތުކޮށް އިޤްތިޞާދު ކުރިއެރުވުމަށް މިފަދަ ބޮޑު އެހީއެއް ބޭރުގައުމަކުން ވެދޭ މިއީ ފުރަތަމަ ފަހަރު ކަން ފާހަގަކޮށްލަން ޖެހެއެވެ.