Friday 13th Dec 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފިލިޕީންސް

ފިލިޕީންސްގައި ހިނގި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއެއްގައި 54 މީހުން މަރުވެއްޖެ

ބޯކޮށް ވާރޭ ވެހޭތާ ދުވަސްގަނޑަކަށްފަހު ފިލިޕީންސްގެ ދެކުނުގައި އޮންނަ އަވަށެއް ކަމަށްވާ މަސާރާގައި ބިންގަނޑު ކަނޑައިގެންގޮސް މަރުވި މީހުންގެ އަދަދު 54 އަށް އަރައިފިއެވެ.

އެ ހާދިސާގައި އިތުރު 63 މީހަކު ގެއްލިފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރެއެވެ.

ފިލިޕީންސްގެ ޑަވާއޯ ޑި އޮރޯގެ ޕްރޮވިންސް ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި އެ ހާދިސާގައި މަރުވި މީހުންގެ އަދަދު 54އަށް އަރައިފައިވާއިރު، ގާތްގަޑަކަށް 37 މީހުން ވަނީ ޒަހަމްވެފައެވެ. އިތުރު ހަށިތައް ހޯދުމުގެ މަސައްކަތް މީހުން ސަލާމަތްކުރާ ޓީމުތަކުން ކުރަމުން އަންނަ ކަމުގައިވެސް ސަރުކާރުން ބުނެއެވެ.
މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި 300 އަށް ގިނަ މީހުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ބޯކޮށް ވާރެ ވެހުމުގެ ސަބަބުން މީހުން ހޯދައި ސަލާމަތް ކުރުމަށް ދަތިވެފައިވާ ކަމަށް އޮފިޝަލުން ހާމަކުރެއެވެ.
ކާރިސާތަކާބެހޭ އޮފީހުން ހާމަކޮށްފައިވާ ގޮތުން 1،100 އަށްވުރެ ގިނަ އާއިލާތައް މިހާރު ވަނީ ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައެވެ.

ފިލިޕީންސްގެ ދެކުނުގެ ބައެއް ހިސާބުތަކަށް ވާރޭ ވެހޭތާ ގިނަދުވަސްތަކެއް ވެފައިވާއިރު، ބިންގަނޑު ކަނޑައިގެން ގޮސް ފެންބޮޑުވުމުގެ ސަބަބުން އެތައް ހާސް ބަޔަކު ވަނީ ކުއްލި ހާލަތުގައި ބޭނުންކުރާ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައެވެ.

މި ލިއުމާއި ގުޅޭ