Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އޫރިދޫ

ދޯހާ މެރެތަންގައި ބައިވެރިވުމަށް ގަތަރަށް ދާ ނަސީބުވެރިން އުރީދޫއިން ހޮވައިފި!

އުރީދޫ 2024 ގެ ދޯހާ މެރެތަންގައި ބައިވެރިވުމުގެ ފުރުސަތާއެކު ހިލޭ ގަތަރު ޓްރިޕް ލިބޭ ލަކީޑްރޯ ގެ ނަސީބުވެރިން އުރީދޫ މޯލްޑިވްސް އިން މިއަދު އިއުލާނުކޮށްފިއެވެ.

އުރީދޫ މޯލްޑިވްސް އިން މިއަދު ވަނީ ނަސީބުވެރިންގެ ގޮތުގައި ހޮވުނު ދެ ކަސްޓަމަރުން ކަމަށްވާ ސަމަދު އަފީފް އަބްދުالله އާއި މުހައްމަދު އަހުމަދަށް މަރުހަބާ ކިޔާފަ އެވެ.

މި ލަކީޑްރޯއަކީ ސިއްހަތާއި ފިޓްނަސް ކުރިއެރުވުމަށާއި މުޖުތަމައު އާއިއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ އިތުރުން އުރީދޫ ކަސްޓަމަރުންނަށް ތަފާތު އެކި ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް އުރީދޫއިން ކުރަމުން އަންނަ މަސައްކަތުގެ ރަމްޒީ ހެއްކެކެވެ. ސަމަދު އަފީފް އަބްދުالله އާއި މުހައްމަދު އަހުމަދު ނަސީބުވެރިންގެ ގޮތުގައި ހޮވާފައިވަނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ޕޫލްގެ ތެރެއިންނެވެ.

އޫރިދޫގެ ލަކީޑްރޯގެ ޝަރުތުތަކަކީ ވޭތުވެދިޔަ އަހަރެއްހާ ދުވަހު އުރީދޫގެ އެކްޓިވް ކަސްޓަމަރެއްގެ ގޮތުގައި ހުރުމާއި، ހާފް މެރެތަން ނުވަތަ ފުލް މެރެތަން ފުރިހަމަކޮށްފައި ވުމާއި، ދަތުރުކުރުމަށް ސައްހަ ދިވެހި ޕާސްޕޯޓެއް އޮތުން ހިމެނެއެވެ.

މި ލިއުމާއި ގުޅޭ