Saturday 20th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކްރިމިނަލް ކޯޓު

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި 3 މީހަކު ތަހުގީގު ނިމެންދެން ބަންދުކޮށްފި

ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި ދިވެހި ތިން ފިރިހެނަކު ހައްޔަރުކޮށް ތަހުގީގު މަރުހަލާ ނިމެންދެން ބަންދުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލިސް ކްރިމިނަލް ކޯޓުގައި އިއްޔެ ވަނީ ކުރިއަށް ގެންގޮސްފައެވެ.

ހައްޔަރުކޮށްފައިވަނީ 31 އަަހަރުގެ މީހަކާއި 20 އަހަރުގެ މީހަކާއި 19 އަހަރުގެ މީހެކެވެ.

މި މީހުންގެ މައްޗަށް ކުރަނީ ތޫނު ހަތިޔާރު ނުވަތަ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި ބިރުދެއްކުމާއި އާންމު މަސްލަހަތަށް ގެއްލުންހުރި އަމަލުކުރުމުގެ ތުހުމަތެވެ.

މި މައްސަލާގައި ފުލުހުން ހުށަހަޅާފައިވާ ހެކިތަކުގެ ތެރޭގައި އަނިޔާ ލިބުނު މީހާގެ ބަޔާނާއި ސީސީޓީވީ ފުޓޭޖް ސްނެޕް ޝޮޓްތަކާއި އަނިޔާގެ ފޮޓޯއާއި ސީންގެ ފޮޓޯ ހިމެނެއެވެ.

މި ހެކިތަަަކަށް ބަލާއިރު ތޫނު ހަތިޔާރާއި މަރުތެޔޮ އަދި ލަޓިބުރި ފަދަ ތަކެތި ބޭނުންކޮށްގެން ހަމަލާދީފައިވާ ކަމަށް ބެލެވޭ ކަމަށް ކޯޓުން ނެރުނު އަމުރުތަކުގައި ބުނެފައިވެއެވެ.

20 އަހަރުގެ މީހާ ހައްޔަރުކުރި ވަގުތު ލައިގެން ހުރި ތަކެތިން ލޭ ކަމަށް ބެލެވޭ އެއްޗެއް ފެނިފައިވާ ކަމަށް އައިއޯ ފާހަގަކޮށްފައިވެއެވެ.

މި ލިއުމާއި ގުޅޭ