Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހަމަނުޖެހުން

ގަލޮޅު ދަނޑުގައި މާރާމާރީ ހިންގި މައްސަލާގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފި

މި މަހުގެ ހަތްވަނަ ދުވަހު ގަލޮޅު ދަނޑުގައި މާރާމާރީ ހިންގި މައްސަލާގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މާރާމާރީ ހިނގީ ދެވަނަ ޑިވިޝަނުގެ ކުއާޓަރ ފައިނަލުގައި ކުޑަހެންވޭރު ޔުނައިޓެޑާއި ވިކްޓްރީ ސްޕޯޓްސް ކްލަބް ކުޅުނު މެޗުގައި ދެ ޓީމުގެ ދެ ކުޅުންތެރިއެއްގެ ދެމެދު ހިނގި ހަމަނުޖެހުމަކާ ގުޅިގެންނެވެ. އެގޮތުން އެ މެޗުގެ 81 މިނެޓުގައި ކުޅުން ހުއްޓައިލިއެވެ.

އޭގެފަހުން ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާއި ބައެއް ސަޕޯޓަރުން ދަނޑަށް އަރައި ވަނީ ހަމަނުޖެހުން ހިންގައިފައެވެ.

މި މައްސަލާގައި 19 އަހަރުގެ މީހަކާއި 20 އަހަރުގެ މީހަކު ހައްޔަރުކޮށް އިއްޔެ ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ.

ދެން އޮންނަ މަޖިލީހަަަކަށް 20 އަހަރުގެ މީހާގެ ބައިވެރިވުން އެނގޭނެ ސީސީޓީވީ ފުޓޭޖު ހުށަހެޅުމަށް ކޯޓުން ވަނީ އަންގާފައެވެ.

މިވަގުތު ހުށަހަޅާފައިވާ ހެކިތަކުން މި ހާދިސާގައި އޭނާގެ ބައިވެރިވުން އޮތް މިންވަރު ވަރަށް ކުޑަަކަމަށް ބެލެވޭ ކަމަށް ކޯޓު އަމުރުގައި ބުނެފައިއެވެ.

މި މައްސަލާގައި މީގެކުރިން ހައްޔަރުކުރީ 21 އަހަރުގެ މީހަކާއި 34 އަހަރުގެ މީހެކެވެ. ކްރިމިނަލް ކޯޓުން ވަނީ އެ ދެ މީހުން 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ.

މި އެންމެންގެ މައްޗަށް ވެސް ކުރަނީ މާރާމާރީ ހިންގުމާއި ބިރުދެއްކުމާއި އިންޒާރު ދިނުމާއި އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ހިންގިކަމުގެ ތުހުމަތެވެ.

މި ލިއުމާއި ގުޅޭ