Saturday 20th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ ސައީދު

ދަރަނި އަދާކޮށް ރާއްޖެ ވައްޓާލާފައި އޮތް ނުރައްކާތެރި މާލީ ހާލަތުން ސަލާމަތްކުރަންވަނީ ފެށިފައި: ސައީދު

ރާއްޖޭގެ އިޤުތިޞާދު ވެއްޓިފައި އޮތް ފުން އަދަވަޅުން ސަލާމަތްކޮށް ދައުލަތުގެ ދަރަނި އަދާކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުންދާކަމަށް އިޤުތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ސަޢީދު މިފަދައިން ވިދާޅުވީ ދިވެހި ރުފިޔާ އެކައުންޓުތަކަށް ބޭންކް އޮފް މޯލްޑިވްސްއިން ދޫކޮށްފައިވާ ޑެބިޓު އަދި ކުރެޑިޓު ކާޑުތައް ބޭނުންކޮށްގެން ބޭރުފައިސާގެ މުއާމަލާތްތައް ކުރެވޭ މިންވަރު ހަނިކުރުމަށް ނިންމާފައިވާކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރާފައިވާ ޚަބަރުތަކާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ މައްސަލައާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސްއިން ބުނެފައިވަނީ ޑޮލަރު ލިބުމުގައި ކުރިމަތިވެފައިވާ ދަތިތަކާ ގުޅިގެން، ކާޑުތަކުގެ ލިމިޓު މުރާޖައާކުރުމުގެ މަސައްކަތް ބޭންކުންކުރި ނަމަވެސް ލިމިޓު އިތުރަށް ކުޑަކުރުމަށް ނިންމާފައިނުވާ ކަމަށެވެ. އަދި އައު ލިމިޓެއް ތަންފީޒުކުރާނެ ތާރީޚެއްވެސް ކަނޑައަޅާފައިނުވާ ކަމަށެވެ.

މާލީ ވުޒާރާއިން އެކަމުގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކާޑު ބޭނުންކޮށްގެން ބޭރުފައިސާގެ މުއާމަލާތްކުރެވޭ މިންވަރު މަދުކުރުމަށް ނިންމާފައިނުވާކަމުގެ ޔަގީންކަން ބީއެމްއެލްއިން އެވުޒާރާއަށް ދީފައިވާ ކަމަށެވެ.

ޑޮލަރުގެ ތާށިކަން ހައްލުކޮށް، ކާޑުތަކުގެ ލިމިޓަށް ހެޔޮ ބަދަލެއް ގެނައުމަށް އެ ވުޒާރާއާއި، މަރުކަޒީ ބޭންކާއި ބީއެމްއެލް ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް އެ ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ.

މާލީ ވުޒާރާގެ ބަޔާނާ ގުޅިގެން އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓުގައި ސައީދު ވިދާޅުވީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ކުރީގެ ވެރިކަމުގައި ރާއްޖެ ވައްޓާލާފައި އޮތް މާލީ އަދި އިޤުތިޞދީ އަދަވަޅުން ދައުލަތް ނަގައި، ދައުލަތުގެ ދަރަންޏާއި ނުދައްކައިހުރި ބިލުތައް ސަރުކާރުން ދައްކަމުންދާ ކަމަށެވެ.

އިތުރަށް ސައީދު ވިދާޅުވީ މި އަހަރު ރާއްޖޭގެ އިޤުތިޞދު 5.5 އިންސައްތައިން ކުރިއަރާނެ ކަމަށެވެ. ސައީދު މިފަދައިން ވިދާޅުވެފައިވާއިރު، އިންޓަނޭޝަނަލް މަނިޓަރީ ފަންޑުންވެސް ލަފާކޮށްފައިވަނީ ފާއިތުވި އަހަރަށްވުރެ ބޮޑަށް މި އަހަރު ރާއްޖޭގެ އިޤުތިޞާދު ކުރިއަރާނެ ކަމަށެވެ.

ވަޒީރު ފާހަގަކުރެއްވި އަނެއް ނުކުތާއަކީ ދައުލަތުގެ ދަރަނި އަދާކުރުމުގެ ބުރަ ކުޑަކުރުމަށް ޤާއިމުކޮށްފައިވާ ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް ޑޮލަރުން ފައިސާ ޖަމާކުރަން މި ސަރުކާރުން އަލުން ފަށާފައިވާ ކަމެވެ.

މި ލިއުމާއި ގުޅޭ