Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހަށިވިއްކުން

ހަށިވިއްކުން ދޫކޮށްލާފައި އޮތް އޮތުން ނިމުމަކަށް: ތުހުމަތުވާ މީހުން ޑީޕޯޓުކުރުމުގެ މަސައްކަތް ކުރިއަށް

މާލެ ސަރަހައްދުގައި ސެލޫނާއި ސްޕާގެ ނަމުގައި ހިންގާ ތަންތަނުގައި ހަށިވިއްކާ މައްސަލަތައް ނުބެލި ދޫވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ހަށިވިއްކާކަމަށް ތުހުމަތުވާ ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ކެޕްޓަން ރިޓަޔާޑް އަލީ އިހުސާން ވިދާޅުވީ މާލެ ސަރަހައްދުގައި ސްޕާތަކާއި ސެލޫންތަކުގެ ނަމުގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ 11 ތަނެއް އެ ވުޒާރާގެ ސަމާލުކަމަަށް އައިސްފައިވާ ކަމަށެވެ.

އަދި އެތަންތަނާމެދު ޤާނޫނީ ގޮތުން އެޅެންހުރި ފިޔަވަޅުތައް އެޅުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުންދާކަމަށްވެސް އިހުސާން ވިދާޅުވިއެވެ.

އިތުރަށް އިހުސާން ވިދާޅުވި ގޮތުގައި މަސާޖު ޕާލާތަކާއި ސެލޫންތަކުގައި ހަށިވިއްކުމަށް ބޭނުންކުރުމަށް ބިދޭސީ އަންހެނުން ޓުއަރިސްޓު ވިސާގައި ރާއްޖެއަށް އެތެރެކުރާކަން އެ ވުޒާރާގެ ސަމާލުކަމަށް އައިސްފައިވެއެވެ. އަދި އެފަދައިން ގެންނަ މީހުން ވަގުތުން ޑީޕޯޓުކުރުމުގެ މަސައްކަތް މިނިސްޓްރީން މިހާރު ފަށާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"ހަށިވިއްކުމަށްޓަކާ ޓޫރިސްޓް ވިސާގަ މީހުން އެތެރެކޮށް ބޭނުން ކުރޭ. އެފަދަ މީހުން ވަގުތުން ޑީޕޯޓުކުރުމުގެ މަސައްކަތް މި ވުޒާރާއިން އަންނަނީ ކުރަމުން،"

މާލެ ސަރަހައްދުގައި ހަށިވިއްކުމުގެ ވިޔަފާރި އާދަޔާ ޚިލާފަށް ފުޅާވެ ފެތުރުނީ ފާއިތުވި ފަސް އަހަރުއެވެ. އެގޮތުން މީސްމީޑިއާގެ އެކި މަންސަތަކުގައި ފާޅުކަން ބޮޑު ގޮތުގައި އިޝްތިހާރުކޮށްގެން ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާ ބިދޭސީންނާމެދު އެއްވެސް ފިޔަވަޅެއް ނޭޅުމުގެ ސަބަބުން އެ ވިޔަފާރި ފުޅާވާން ފެށިއެވެ.

މިފަދައިން ފެތުރިފައި އޮތް ހަށިވިއްކުމުގެ ވިޔަފާރި ނިމުމަކަށް ގެނެސް، މާލެ ސަރަހައްދުން ހަށިވިއްކުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ.

މި ލިއުމާއި ގުޅޭ