Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްއޭސީއެލް

އެމްއޭސީއެލްގެ ޗެއާމަންގެ މަގާމުން އެމްޔޫ މަނިކު އިސްތިއުފާދެއްވައިފި

އެމްއޭސީއެލްގެ ޗެއާމަން މުޙައްމަދު ޢުމަރު މަނިކު (އެމްޔޫ މަނިކު) އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) ބޯޑުން ބުނީ އެމްޔޫ މަނިކު އެ މަގާމުން އިސްތިއުފާދެއްވީ މިދިޔަ މަހުގެ 28 ގައި ކަމަށެވ. އަދި އޭނާގެ އިސްތިއުފާގެ ސިޓީ މިދިޔަ ބުރާސްފަތި ދުވަހު ލިބިފައިވާ ކަމަށެވެ.
މަޓީގެ ކޯ ފައުންޑަރ އަދި ޗެއާމަން އެމްޔޫ މަނިކު އެމްއޭސީއެލްގެ ޗެއާމަންގެ މަގާމުން އިސްތިއުފާދެއްވީ ބަލި ހާލަތު ހުރި ގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ދަތިތަކެެއް ކުރިމަތިވާކަމަށް ވިދާޅުވެއެވެ.
2013 ވަނަ އަހަރު އެމްއޭސީއެލްގެ ބޯޑާ ގުޅިވަޑައިގެންނެވި އެމްޔޫ މަނިކު އޭގެ ފަހުން ހުންނެވީ އެކުންފުނީގެ ޗެއާމަންގެ މަގާމުގައެވެ.

އެމްޔޫ މަނިކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ފެށްޓުވުމަށް އެންމެ އިސްކޮށް މަސައްކަތް ކުރެއްވި އެއް ބޭފުޅާއެވެ.

މި ލިއުމާއި ގުޅޭ