Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފ.ނިލަންދޫ

ބޯކޮށް ވާރޭ ވެހި ނިލަންދޫގައި ފެން ބޮޑުވުމުން ސިފައިން އެހީތެރިކަން ފޯރުކޮށްދެނީ

މިއަދު ކުރަމުންދާ ވިއްސާރައިގައި ފ.ނިލަންދުއަށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމުން ސިފައިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ބުނީ ބޯކޮށް ވާރޭ ވެހި، ނިލަންދޫގައި ފެން ބޮޑުވުމާ ގުޅިގެން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ނިލަންދޫ ފަޔަރ ސްޓޭޝަންގެ ސިފައިންގެ އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.ި

''މިއަދު ހެނދުނު ކުރި ވިއްސާރައިގައި ފ.ނިލަންދޫގައި ފެންބޮޑުވުމުން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ފ. ނިލަންދޫ ފަޔަރ ސުޓޭޝަންގެ ސިފައިން ދަނީ އެ ރަށުގައި ފެންބޮޑުވި ސަރަހައްދުތަކުން ފެން ހިންދުމުގައާއި، ފެން ވަންނަން ފެށި ބައެއް ގޭގޭގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުން.''

އެމްއެންޑީއެފް

މިހާރު އެ ރަށުގެ ހަތަރު ގެއެއްގައި ވެލި ބަސްތާ ޖަހައިދީފައިވާއިރު ނިލަންދޫގެ ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ވެސް ސިފައިން ކުރަމުންދާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

މި ލިއުމާއި ގުޅޭ