Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ޑިރެކްޓަރ ޖެނެރަލް، ރައީސްއާ ބައްދަލުކުރައްވައިފި

އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ސައިފް އަލް ސުވައިދީ ރައީސް ޑރ. މުއިއްޒުއާ ބައްދަލުކުރައްވާފައިވަނީ، ވޯލްޑް ގަވަރމަންޓްސް ސަމިޓް 2024 ގެ ތެރެއިންކަމަށް ރައީސް އޮފީހުން މައުލޫމާތުދީފައިވެއެވެ.

ރައީސް އޮފީހުން މައުލޫމާތުދިން ގޮތުން، މި ބައްދަލުވުމުގައި ރާއްޖެއާއި ޔުނައިޓެޑް އަރަބް އެމިރޭޓް (ޔޫއޭއީ) އާއެކު ޒަމާނުއްސުރެ އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އަދި މީގެ އިތުރުން، ރާއްޖޭގެ ތަރައްގީއަށް އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން ހިޔާލު ބަދަލުކުރައްވާފައިވެއެވެ.

އެގޮތުން، އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ފަރާތުން ރާޢްޖެއަށް މެދުކެނޑުމެއްނެތި ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ހަމައެފަދައިން، ރާއްޖެއާއެކު އޮންނަ ޕާޓްނާޝިޕާމެދު އުފާކުރައްވާކަމަށާއި ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގެ ތަރައްގީއަށް އެއްބާރުލުން ދެމުންގެންދާނެކަމުގެ ޔަގީންކަން ޑިރެކްޓަރ ޖެނެރަލް ދެއްވާފައިވެއެވެ.

ރައީސްއާއި ސައިފް އަލް ސުވައިދީ އިތުރަށް މަޝްވަރާކުރެއްވީ، ފަންޑުގެ އެހީ ބޭނުންވާނެ ދާއިރާތަކާ ބެހޭގޮތުންނާއި މިހާރު ފަންޑުގެ އެހީގައި ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތަކުގެ ކުރިއެރުންތަކާ ބެހޭގޮތުންނެވެ.

އަދި، ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، ސިއްހީ ދާއިރާއާއި، އިގްތިސާދީ ދާއިރާއާއި، އަދި ތަރައްގީގެ އިތުރު ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ބެހޭ ގޮތުންވެސް އެ ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.

މި ލިއުމާއި ގުޅޭ