Tuesday 27th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ އަހްމަދު ޝިޔާމް

އިންޑިއާ ސިފައިން އެރި ދޯނިތަކުން މިދިޔަ މަސްދުވަހުގެ ތެރޭގައި ވެސް ރާއްޖޭގެ ސަރަހައްދުން ބޭރުވެފައެއްނުވޭ: މިނިސްޓަރ ޝިޔާމް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދަނިކޮށް އިންޑިއާ ސިފައިން އެރި މަސްދޯނިތައް މިދިޔަ މަސްދުވަހުގެ ތެރޭގައި ވެސް ރާއްޖޭގެ ސަރަހައްދުން ބޭރުވެފައެއްނުވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ''އަސުރުމާ 3'' އާއި ''ނިރު 7'' އާއި ''މާހޯރަ 3'' ދޯންޏަށް އިންޑިއާ ސިފައިން އެރީ މި ހުސްވި ޖަނަވަރީ 31 ގައެވެ. އޭގެފަހުން މި މަހުގެ އެއްވަނަ ދުވަހުގެރޭ މާހޯރަ ދޯންޏަށް ދެވަނަ ފަހަރަށް ވަނީ އަރައިފައެވެ.
އެ ދޯނިތަކުގެ މަސްވެރިން ބުނި ގޮތުން އިންޑިއާ ސިފައިން އެންމެ ބޮޑަށް މަސައްކަތް ކުރީ ދޯނިތަކުގެ ސެޓެލައިޓް ފޯނުގެ ނަންބަރު ހޯދުމަށެވެ.
އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖޭގެ ކަމާގުޅޭ އެއްވެސް އިދާރާއަކަށް އެނގުމަކާ ނުލައި ގާނޫނުތަކާއި ގަވާއިތަކާ ޚިލާފަށް އެރި މައްސަލައިގެ ތަފުސީލު ހޯދުމަށް ދިވެހި ސަރުކާރުން ވަނީ އިންޑިއާ ސަރުކާރުގައި އެދިފައެވެ. ނަމަވެސް މިކަމާ ގުޅިގެން އިންޑިއާ ސަރުކާރުން އަދި އެއްވެސް ޖަވާބެއް ދިންކަމެއް ސާފެއް ނޫނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު މީކާއީލް ނަސީމް ވަނީ މި ހާދިސާއާ ގުޅޭ ގޮތުން ފިޝަރީޒް މިނިސްޓަރާ ސުވާލު ކުރައްވައިފައެވެ. އެގޮތުން މިނިސްޓަރު ޝިޔާމް ވިދާޅުވީ ހާދިސާގެ މައުލޫމާތު ލިބުމުން ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން އެކަން ބަލައި މަސްވެރިންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
މީގެއިތުރުން ޝިޔާމް ވިދާޅުވި ގޮތުގައި މި މަސްދޯނިތައް މިދިޔަ މަސްދުވަހުގެ ތެރޭގައި ވެސް ރާއްޖޭގެ ސަރަހައްދުން ބޭރުވެފައެއްނުވެއެވެ.
''ވެސަލް މޮނިޓަރިންގ ސިސްޓަމުން ބަލާއިރު ފާއިތުވި އެއްމަސް ދުވަހުގެ މޫވްމެންޓަށް ބަލާއިރު މި ދޯނިތަކުގެ ހަރަކާތްތައް މިހުރީ ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގެ ތެރޭގަ.''

މިނިސްޓަރު ވިދާޅުވީ ދޯނިތަކަށް އެރީ އިންޑިއާ ސިފައިން ކަމަށާއި ނަމަވެސް ކުއްލިއަކަށް ދިމާވި އެ ކަންކަމުގެ ސަބަބުން ފަަޅުވެރިންނަށް ތިބީ ނަފުސާނީ ގޮތުން އަސަރުކޮށްފައި ކަމަށެވެ.

މި ލިއުމާއި ގުޅޭ