Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބީއެމްއެލް

ރުފިޔާ އެކައުންޓުތަކުން ބޭރު ފައިސާ މުއާމަލާތްކުރެވޭ ލިމިޓު މުރާޖައާކުރަމުންދަނީ، އައު ލިމިޓެއް ނުނިންމާ: ބީއެމްއެލް

ދިވެހި ރުފިޔާ އެކައުންޓުކުން ބޭރު ފައިސާގެ މުއާމަލާތްތައް ކުރެވޭ ލިމިޓު މުރާޖައާކުރަމުންދިޔަ ނަމަވެސް މިހާތަނަށް އައު ލިމިޓެއް ބޭންކް އޮފް މޯލްޑިވްސްއިން ކަނޑައަޅާފައިނުވާކަމަށް އެ ބޭންކުން ބުނެފިއެވެ.

މިފަދައިން އެ ބޭންކުން ބުނެފައިވަނީ ޑޮލަރު ލިމިޓު ވަރަށް ބޮޑަށް ކުޑަކުރަން ބޭންކުން ނިންމާފައިވާކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވަނިކޮށެވެ. ގިނަ ނޫސްތަކުން ރިޕޯޓުކޮށްފައިވަނީ މިހާރު ކަނޑައަޅާފައިވާ ލިމިޓު 90 އިންސައްތައަށް ކުޑަކުރުމަށް ބޭންކުން ނިންމާފައިވާ ކަމަށެވެ. އެއިރުން ދިވެހި ރުފިޔާ އެކައުންޓަކުން ބޭރުގައި މުއާމަލާތްކުރެވޭނީ މަހެއްގެ މައްޗަށް 25 ޑޮލަރުންނެވެ.

ރުފިޔާ އެކައުންޓުތަކުން ބޭރު ފައިސާގެ މުއާމަލާތްކުރުމަށް މިހާރު ކަނޑައަޅާފައިވާ ލިމިޓަކީ މަހެއްގެ މައްޗަށް:

  • ޑެބިޓް ކާޑް - 250 ޑޮލަރު
  • ކްރިޑިޓް ކާޑް - 750 ޑޮލަރު

އެކަމާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުޙައްމަދު ސައީދު "ދިޔަރެސް"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ބީއެމްއެލްއަށް ޑޮލަރު ލިބުމުގައި ކުރިމަތިވެފައިވާ ތާށިކަމާ ގުޅިގެން ދިވެހި ރުފިޔާ އެކައުންޓުތަކުން ބޭރު ފައިސާގެ މުއާމަލާތްތައް ކުރެވޭ މިންވަރު މުރާޖައާކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ލިމިޓު މުރާޖައާކުރުމުގެ މަސައްކަތް ކުރި ނަމަވެސް އައު ލިމިޓެއް މިހާތަނަށް އެ ބޭންކުން ނިންމާފައިނުވާ ކަމަށެވެ. އަދި އަލަށް ކަނޑައަޅާ ލިމިޓަށް އަމަލުކުރަން ފަށާނެ ތާރީޚެއްވެސް ބޭންކުން ނިންމާފައިނުވާ ކަމަށެވެ.

މި ލިއުމާއި ގުޅޭ