Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެކްސިޑެންޓު

ކޮޗިން އެކްސިޑެންޓުގައި އަނިޔާވި 2 ދިވެހީން އަދިވެސް އައިސީޔޫގައި

އިންޑިއާގެ ކޮޗިންއާއި ޓްރިވެންޑްރަމްއާއި ދެމެދު އޮންނަ ހައިވޭގައި ހިންގި ކާރު އެކްސިޑެންޓުގައި އަނިޔާވި 3 ދިވެހި އަންހެނުންގެ ތެރެއިން 2 މީހުން އަދިވެސް އޮތީ އައިސީޔޫގައި ކަމަށާއި ހާލު އަދިވެސް ސީރިއަސްކަމަށް އަނިޔާވި ފަރާތްތަކުގެ ޢާއިލާއިން ބުނެފިއެވެ.

އުމުރުން 50 އަހަރާއި 54 އަހަރާއި 25 އަހަރުގެ 3 އަންހެނުންނަށް އަނިޔާވި މިއެކްސިޑެންޓުގައި ފަރުވާދިނުމަށް ގެންދެވުނީ ކޮޗިންގެ ކިމްސް ހޮސްޕިޓަލަށެވެ. އަދި 25 އަހަރުގެ ޒުވާނާ މިހާރު އައިސީޔޫއިން ވަނީ ދޫކޮށްލާފައި ކަމަށާއި އޭނާގެ މޫނުމަތި އެއްކޮށް އޮތީ ޒަޚަމުވެފައިކަމަށްވެސް ދިޔަރެސް މަޢުލޫމާތު ލިބިފައިވެއެވެ.

ރ. އަލިފުށީ އާއިލާއަކަށް ނިސްބަތްވާ 3 އަންހެނުންގެ ތެރެއިން އައިސީޔޫގައި ފަރުވާދެމުންދާ 2 މީހުންގެ ތެރެއިން އެކެއްގެ މައިބަދައިގައި ރެނދުލައި ބޯފަޅައިގެން ގޮސްފައިވާ ކަމަށާއި އަނެކަކުގެ ފައި ވަނީ ބިންދައިގެން ގޮސްފައެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ދިވެހިން ތިބި ކާރުގެ ކުރިމަތިން ދުއްވާފައި ދިޔަ ކާރު, ޔޫޓާން ނެގުމަށްފަހު ބާރުސްޕީޑުގައި އައިސް ދިވެހިން ދަތުރުކުރަމުންދިޔަ ކާރުގައި ޖެއްސުމުންނެވެ. އަދި ދިވެހިން ދަތުރުކުަރމުންދިޔައީ ކޮޗިންއިން ޑޮކްޓަރަށް ދެއްކުމަށް ފަހު އަނބުރާ ޓްރިވެންޑްރަމަށް ދިއުމަށް ކަމުގައި އެމީހުންގެ އާއިލާއިން މަޢުލޫމާތުދެއެވެ.

މި ލިއުމާއި ގުޅޭ