Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚާރިޖީ ވުޒާރާ

ރަފާ ސިޓީއަށް އަރައިގަންނާނެކަމަށް ބުނެ އިސްރާއީލުން ދޭ އިންޒާރުތައް ސަރުކާރުން ކުށްވެރިކޮށްފި

ރަފާ ސިޓީއަށް އަރައިގަންނާނެކަމަށް ބުނެ އިސްރާއީލުން ދޭ އިންޒާރުތައް ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ހާރިޖީ ވުޒާރާއިން މިއަދު ޝާއިއުކުރި ބަޔާނެއްގައި، ނިރުބަވެރި އިސްރާއީލްގެ ސިފައިން ފަލަސްޠީނުގެ ދެކުނު ޣައްޒާގައި އޮންނަ ރަފާ ސިޓީއަށް އަރައިގަންނަން އުޅޭކަމަށް ބުނެ ދެމުންގެންދާ އިންޒާރުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެއެވެ.

ރަފާ ސިޓީއަކީ، އިސްރާއީލު ސިފައިން ޣައްޒާގައި ހިނގަމުންދާ ނިސްބަތުން ބޮޑު އަސްކަރީ އަނިޔާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ އެތައް މިލިއަން ފަލަސްތީނެއްގެ އެންމެ ފަހުގެ ސަލާމަތީ އައްސޭރިކަމަށް ހާރިޖީ ވުޒާރާއިން މައުލޫމާތުދީފައިވެއެވެ.

ހާރިޖީ ވުޒާރާއިން އިތުރަށް ބުނެފައިވަނީ، އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ފަލަސްޠީނަށް އެހެން ގައުމުތަކުން ދޭން މަސައްކަތްކުރާ އިންސާނީ އެހީތެރިކަމަށް ހުރަސްއަޅަމުންދާކަމަށާއި، އެ އަމަލުތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު އަދި ހަނގުރާމައިގެ ޖަރީމާތަކާ އެއްވަރުގެ ކަމެއްކަމަށެވެ.

އަދި އޭގެ އިތުރުން، އިސްރާއީލުން މެދުކެނޑުމެއްނެތި ދެމުން ގެންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން، އެތައް ހާސް ބައެއްގެ ގެދޮރުގެއްލިފައިވާކަން ހާރިޖީ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

އަދި، އެ ވުޒާރާއިން ވަނީ، އިސްރާއީލު ސިފައިން ނަސްލު ނައްތާލުމަށްޓަކައި ދެމުންގެންދާ ހަމަލާތައް ކުރިއަށް ނުގެންދިއުމަށް ނިންމާ ފިޔަވަޅު އެޅުމަށް ބައިނަލްއަގްވާމީ ކޯޓުން 26 ޖެނުއަރީ 2024 ގައި ނެރުނު ވަގުތީ ފިޔަވަޅުތަކުގެ އަމުރަށް ތަބާވާން އިސްރާއީލަށް ޕްރެޝަރުކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލާފައެވެ.

އަދި، 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް ފަލަސްޠީނުގެ އިސްތިގުލާލީ ދައުލަތެއް ގާއިމްކޮށް، އިރުމަތީ ގުދުސް އަކީ ފަލަސްޠީނުގެ ވެރިރަށަށް ހެދުމަށް ދިވެހި ސަރުކާރުން ތާއީދުކުރާކަން ހާރިޖީ ވުޒާރާއިން ކަށަވަރުކޮށްދީފައިވެއެވެ.

މި ލިއުމާއި ގުޅޭ