Sunday 16th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

މަޑަވެލިން ގިނަ އަދަދެއްގެ ބަނގުރާފުޅިތަކެއް ހޯދައިފި

މޯލްޑިވްސް ޕޮލިސް ސަރވިސްއިން ގދ. މަޑަވެލީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ބަނގުރާފުޅިތަކެއް ހޯދައިފިއެވެ.

ފުލުހުން މަޢުލޫމާތުދިންގޮތުގައި ބަނގުރާ ފެނިފައިވަނީ ރަށުގެ ފަޅު ސަރަހައްދަކުންނެވެ. މިދިޔަ މަހުގެ 25 އިން މިމަހުގެ 9 އަކަށް މަޑަވެލި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި މަޑަވެލީގެ މީހުން ނޫޅޭ ފަޅު ސަރަހައްދެއް ބަލާ ފާސްކުރުމުން, 48 ދަޅު ބަނގުރާ، ތިންފުޅި ބަނގުރާ އަދި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި ފުޅިއެއްގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރުމަށް ގެންގުޅޭ ކަމަށް ބެލެވޭ ތަކެތި ވަނީ ފެނިފައިވެއެވެ.

މިމައްސަލަ އިތުރަށް ތަޙުޤީގު ކުރަމުންދާ ކަމަށާއި, މައްސަލައިގެ ތުހުމަތުގައި އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

މި ލިއުމާއި ގުޅޭ