Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ

އިމާމުންނާއި ހަތީބުން ތަމްރީންކުރުމުގެ ފުރަތަމަ ބުރު ގެމަނަފުށިން ފަށައިފި

އިމާމުންނާއި ހަތީބުން ތަމްރީންކުރުމުގެ ފުރަތަމަ ބުރު ގެމަނަފުށިން ފަށައިފިއެވެ.

އިމާމް ތަމްރީނު ޕްރޮގްރާމް 2024 އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ކުރިއަށްގޮސްފައިވަނީ މިއަދު ގެމަނަފުށީގައެވެ.

ގެމަނަފުށީގައި ކުރިއަށް ދިޔަ ރަސްމިޔާތުގައި އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާފައިވެއެވެ. އަދި މި ޕްރޮގްރާމުގައި ދެކުނުގެ ރަށްތަކުން 77 އިމާމުން ބައިވެރިވެފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މައުލޫމާތުދީފައިވެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މައުލޫމާތު ދިންގޮތުން އިމާމުންނާއި ހަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމަކީ ރާއްޖޭގެ 11 ސަރަހައްދަކަށް ބަހާލައިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. އަދި އެ ޕްރޮގްރާމަކީ ދާއިމީ އިމާމުންނަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއެއްކަމަށް އެ ވުޒާރާއިން މައުލޫމާތުދީފައިވެއެވެ.

4 ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ އިމާމުންނާއި ހަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގައި 9 މާއްދާއަކަށް ބަހާލައިގެން އިންޓެންސިވް ތަމްރީން ފޯރުކޮށްދީ މިސްކިތްތަކާ ބެހޭ މުހިއްމު މައުލޫމާތު ފޯރުކޮށްދޭ ތަމްރީނުތަކެއް ދިނުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމާފައިވެއެވެ.

އެގޮތުން، މިފަހަރުގެ ޕްރޮގްރާމުގައި އިމާމުންނަށް ކީރިތި ޤުރުއާނާއި، ތަޖުވީދުގެ ޢިލްމާއި، ތަފްސީރާއި، ފިޤުހާއި، ޙަދީޘާއި، އިސްލާމީ އަގީދާގެ މުހިއްމު މައުލޫމާތުތައް ފޯރުކޮށްދިނުމުގެ އިތުރުން މިސްކިތްތަކަށް އަހައްމިއްޔަތުކަން ދިނުމާއި ބެލެހެއްޓުމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އުނގަންނައިދެއްވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މައުލޫމާތުދީފައިވެއެވެ.

މި ލިއުމާއި ގުޅޭ