Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޣައްޒާ

އިސްރާއީލު ސިފައިން ޣައްޒާގެ ބޭންކުން 54 މިލިއަނަށްވުރެ ގިނަ ޑޮލަރު ވަގަށް ނަގައިފި

ފަލަސްތީނުގެ ޣައްޒާ ސިޓީގައި ހުންނަ ބޭންކް އޮފް ފަލަސްތީނުގެ މައި މަރުކަޒުން އިސްރާއީލު ސިފައިން 200 މިލިއަން ޝެކެލް (54.29 މިލިއަން ޑޮލަރު) ވަގަށް ނަގާފައިވާ ކަމަށް އިސްރާއީލުގެ ނޫހަކުން ބުނެފިއެވެ.
އިސްރާއީލުގެ އޮފިސަރުންނާ ހަވާލާދީ މާރިވް ނޫހުން ބުނީ މިދިޔަ ހަފުތާގައި އަލް ރިމާލް އަވަށުގައި ހިނގި ބަޑިޖެހުމުގެ ހާދިސާއަށްފަހު ރާމަاللهގެ ފަލަސްތީނު އޮތޯރިޓީއަށް ކަނޑައަޅާފައިވާ ފައިސާ އިސްރާއީލްގެ އަސްކަރީ ފައުޖަކުން ވަގަށް ނަގާފައިވާ ކަމަށެވެ.
އިސްރާއީލުގެ އަސްކަރިއްޔާގެ ތަރުޖަމާނަކު އިތުރު ތަފްސީލެއް ނުދެއްވައި މާރިވްއަށް ވިދާޅުވީ ހަމާސް ޖަމާއަތާ ހަމައަށް ފައިސާ ނުފޯރާގޮތަށް އިސްރާއީލު ސިފައިން މިދިޔަ ހަފުތާގައި ޣައްޒާގައި ހުންނަ ބޭންކް އޮފް ފަލަސްތީނުގެ މައި މަރުކަޒު ހިޞާރު ކުރިކަމަށެވެ.
އަދި އެ ފިޔަވަޅަކީ "ސިޔާސީ ފެންވަރުގައި ނިންމި ފިޔަވަޅެއް" ކަމަށް އޭނާ ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ ކޯޓުން މިދިޔަ މަހު ވަގުތީ ހުކުމެއް ކުރި ނަމަވެސް، އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ނުރައްކާތެރި ހަމަލާތައް ކުރިއަށް ދާއިރު، އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ 28،176 މީހުން ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށާއި، 67،784 މީހުން ޒަޚަމްވެފައިވާ ކަމަށް ފަލަސްތީނުގެ ސިއްހީ އިދާރާތަކުން ބުނެއެވެ.
އިސްރާއީލުން ޣައްޒާއަށް ހަމަލާދީފައިވަނީ ހަމާސް ޖަމާއަތުން ބޯޑަރު ހުރަސްކޮށް ދިން ހަމަލާއެއްގައި ގާތްގަނޑަކަށް 1200 އެއްހާ މީހުން މަރުވި ކަމަށް ތެލް އަވީވް އިން ބުނެއެވެ.
އިސްރާއީލުން ދިން ޙަމަލާތަކުގެ ސަބަބުން ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުން ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހުގެ ދަތިކަން ބޮޑުވެ ގެދޮރު ގެއްލިފައިވާއިރު، އެންކްލޭވްގެ އުމްރާނީ ވަސީލަތްތަކުގެ 60 އިންސައްތަ ހަލާކުވެ ނުވަތަ ބޭނުން ނުކުރެވޭވަރު ވެފައިވާކަމަށް އދއިން ބުނެއެވެ.
މި ލިއުމާއި ގުޅޭ