Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްރީލަންކާ

"ޔުކްތިޔާ" އޮޕަރޭޝަންގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި އިތުރު 633 މީހަކު ހައްޔަރު ކޮށްފި

މަސްތުވާތަކެއްޗާއި ދެކޮޅަށް ސްރީލަންކާގައި ފެށި ބޮޑު އޮޕަރޭޝަން "ޔުކްތިޔާ" ގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި އިތުރު 633 މީހަކު ވަނީ ހައްޔަރު ކޮށްފިއެވެ.

ލަންކާގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި ލަންކާގެ ޕޮލިސް ސްޕެޝަލް ޓާސްކް ފޯސް (އެސްޓީއެފް) އިން ހިންގަމުންދާ "ޔުކްތިޔާ" އޮޕަރޭޝަންގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި އިތުރު 633 މީހަކު ވަނީ ހައްޔަރު ކޮށްފައިވާއިރު، އެމީހުން ހައްޔަރުކޮށް ބަލައި ފާސް ކުރުމުގެ ތެރޭގައި 175 ގްރާމްގެ ހެރޮއިން، 171 ގްރާމް އައިސް އަދި އިތުރު މަސްތުވާތަކެތި ފެނިފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

މި އޮޕަރޭޝަނަށް މިހާތަނަށް 50 ދުވަސް ވެގެން ގޮސްފައިވާއިރު، ހައްޔަރު ކޮށްފައިވާ މީހުންގެ އަދަދު 56،000 އަށްވުރެ މައްޗަށް އަރާ ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. މިހާތަނަށް ހައްޔަރު ކުރި މީހުންގެ ތެރެއިން 38،225 އަށްވުރެ ގިނަ މީހުންނަކީ މަސްތުވާތަކެތީގެ އެކިއެކި ކުށްތަކާ ގުޅިގެން ހައްޔަރު ކުރި މީހުންނެވެ.
ލަންކާގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި މިހާތަނަށް އައިއިރު އަތުލައިގަނެވުނު މަސްތުވާތަކެތީގެ އަގު 4،791 މިލިއަން ރުޕީސް އަށްވުރެ މައްޗަށް އަރައެވެ. އަދި 725 މިލިއަން ރުޕީސްއަށްވުރެ ގިނަ މުދާ ވަނީ އަތުލައިގެންފައެވެ
ސްރީލަންކާގައި އަންޑަވޯލްޑް އަދި މަސްތުވާތަކެއްޗާ ގުޅުންހުރި ހަރަކާތްތައް ހުއްޓުވުމަށް މުޅި ގައުމުގައި ސްޕެޝަލް އޮޕަރޭޝަން "ޔުކްތިޔާ" ނަމުގައި އޮޕަރޭޝަނެއް ފެށީ މިދިޔަ މަހުގެ 17 ގައެވެ.
މި ލިއުމާއި ގުޅޭ